ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަސާސީ ބޭސް ހޯދުމަށް ދައުލަތުގެ ބޭސް ކުންފުނިން ޚާއްޞަ ހޮޓްލައިނަކާއި އޮންލައިން ޕޯޓަލެއް

phamacy
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް ތައާރަފްކޮށްފިއެވެ. މި ހޮޓްލައިންގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މިއީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އެކުންފުނިން ބުނީ މި ނަންބަރުގެ ތައާރަފްކޮށްފައިވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެކަމަށް ދައުލަތުގެ ބޭސްކުންފުނިން ބުންޏެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެކުންފުނިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް ހުރިހާ ސަރަހައްދަކުން ކޮންމެ ވަގުތަކުވެސް، ހިއްސާކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށް ތައާރަފް ކުރި ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެސްޓީއޯއިން ރާއްޖޭގައި ހިންގަމުންދާ ފާމަސީތަކާ އަޅުގަނޑުމެން ޙަވާލުވާން މި ތައްޔާރުވަނީ މިއަހަރުގެ މެދުތެރޭގައި. މި މުއްދަތުގައި ވެސް ސްޓޭޓްފާރމާގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ބޭސް އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ.

ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

އެކުންފުނި މެދުވެރިކޮށް ބޭސް ހޯދަން އޯޑަރު ކުރުމުން، އެ ބޭސް އެ ފަރާތްތަކާއި ގާތުން ފާމަސީއެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެކަމަށްވެސް އެކުންފުނިން ބުންޏެވެ.

ސަރުކާރުން ވަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުންފުނީގެ މަސައްކަތްތައް މިހާރު ފަށާފައިވާކަން ހާމަކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

raees muiz

އަަހަރެއްހައި ދުވަސްތެރޭ ތިލަމާލެ ބުރިޖުގެ މަސައްކަތް މުޅިން ނިމޭނެ: ރައީސް

raees muiz

ބޭރު ފައިސާ ގާނޫނަށް ގެންނަ އިސްލާހުތަކުން ފައިދާވާނެ: ރައީސް

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް