ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޓާޓޯގެ ސީއީއޯގެ މަގާމުން ބައްސާމް އިސްތިއުފާ ދެއްވައިފި

Matato
STO_Ads

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބައްސާމް އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކަންކަން ވަރަށް އަވަހަށް ބަދަލުވަމުން އަންނާތީ އެ މަގާމުގައި ދެމިހުންނެވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ނަމަވެސް މަޓާޓޯގެ ސީއީއޯކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާ ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި، އެ މުއްދަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Maldivian_Ads

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި ބައްސާމަކީ އޭގެ ކުރިން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist arrival

ގުޅިގެން ކުރާ މަސައްކަތުން މި ހާލަތުން އަރައިގަނެވޭނެ: މަޓާޓޯ

ސައުދީ ޓްރެވަލް މާކެޓް ގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯއިން ހުޅުވާލައިފި

މަޓާޓޯއިން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއް ބާއްވަނީ

މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަންކޮށްފި