ހަނގުރާމަ ހުއްޓުވުމަށް ޓަކައި، ޕާކިސްތާނު އިސްވެ އޮވެ އަރަބި ބައެއް ގައުމުތަކާއެކު މަޝްވަރާތައް ފަށައިފިއެެވެ.
އެމެރިކާއާއި އިޒްރޭލު އިސްވެ އިރާނަށް ހަމަލާދީގެން ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދި މުޅި ދުނިޔެ ވަނީ އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ.
ޕާކިސްތާނުން އިސްނަގައިގެން އެ ގައުމުގެ އިސްލާމް އާބާދުގައި ފަށާފައިވާ މަޝްވަރާތަކުގައި ޕާކިސްތާނުގެ އިތުރުން ސައުދީ އަރަބިއްޔާއާއި ތުރުކީގެ އިތުރުން މިސްރުގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން އެގައުމުން އިސްވެ ފަށާ މަޝްވަރާތަކުގައި މެދުއިރުމަތީގެ ހާލަތާއި ގައުމުތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވާ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އިސްލާމް އާބާދަށް ވަޑައިގެންފައިވާއިރު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ވެރިރަށުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އިރާނާއި އެމެރިކާގެ އިތުރުން އިޒްރޭލުގެ ފަރާތްތައް އެ މަޝްވަރާގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވާނެ ކަމަށްވެސް ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު