ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދިއުމަށް އަންގައިފި

school
TTH_Ads
STO_Ads
Advertisement

މާލެ، ދިވެހިރާއްޖެ – ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފަށް ހޫނުގަދަ މޫސުމުގެ ސަބަބުން، ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރަސްމީ ޔުނީފޯމުގެ ބަދަލުގައި އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ހާޒިރުވުމަށް ސްކޫލުތަކުން އަންގައިފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނުމިން ވަރަށް މަތީގައި ހުރި ދުވަސްވަރެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެވްރެޖު ހޫނުމިން ހުރީ 31.2 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް، ވައިގެ ތެއްކަން ހުރި ގޮތުން އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

ސްކޫލުތަކުން އިއްޔެ ދަރިވަރުންނަށް ފޮނުވި މެސެޖުތަކުގައި ބުނެފައިވަނީ، ހޫނުގަދަވުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށްޓަކައި، އެކްޓިވިޓީ ޔުނީފޯމުގެ ގޮތުގައި ބޭނުންކުރާ ޓީޝާޓާއި ޓްރެކްސޫޓް ލައިގެން ސްކޫލަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. މިއީ ރޯދަ މަސް ނިމި، ހަ ރޯދައިގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުނުއިރު ދަރިވަރުންނަށް ދިން ބޮޑު ލުޔެކެވެ.

HajjCop_ads
MMA_Ads
Advertisement

އާންމުކޮށް ރަސްމީ ޔުނީފޯމުގައި އަންހެން ކުދިން ސްކާޓާއެކު ހަރުވާޅު ލާންޖެހުމާއި، ފިރިހެން ކުދިން ގަމީހާއި ފަޓުލޫނު ލައިގެން ޓައީ އަޅަންޖެހުމުން، މިފަދަ ހޫނުގަދަ ދުވަސްވަރެއްގައި ދަރިވަރުންނަށް ވަރަށް ބޮޑަށް ދާހިއްލާ އުނދަގޫވާކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، އިރުވައި މޫސުމުގެ މި ދުވަސްވަރަކީ އަހަރުގެ އެންމެ އަވިގަދަ ދުވަސްވަރެވެ. ހާއްސަކޮށް އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. މިގޮތުން، މި އަހަރުގެ އެޕްރީލް 1 ވަނަ ދުވަހު މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.

މި ދުވަސްވަރު ވައި މަޑުވުމުގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމަކީ، އާންމު ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާ މައިގަނޑު ސަބަބެވެ. އެހެންކަމުން، ބޭރުތެރޭގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެރިއަޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ

university

“ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް” ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

darivarun

ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

darivarun

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި