ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބުކުރުމަށް މަހުޖަނު އުއްޗު ތާއީދުކުރައްވައިފި

Uchchu

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) މިއަދު ތާއީދުކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި މޫސާ ޖަލީލް ވަނީ އުއްޗުގެ އަރިހަށް ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން އުއްޗު ވަނީ މޫސާ ޖަލީލް ރަސްމީކޮށް އެންޑޯޒްކުރައްވައި، އޭނާއަށް ކެމްޕޭނުގައި އެހީތެރިވެދެއްވައި ވޯޓު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުއްޗު ވިދާޅުވީ، މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޖަލީލު ކަމަށެވެ. އަދި ޚާއްޞަކޮށް ސިފައިންގެ ތެރޭގައި އޭނާ ދައްކަވާފައިވާ ހިތްވަރާއި ކެރުމުގެ ރީތި ނަމޫނާއަށް ތަޢުރީފުކުރައްވައި، އެފަދަ ޚިދުމަތްތެރިން ގައުމަށް ބޭނުންވާކަން އުއްޗު ފާހަގަކުރެއްވިއެވެ. އުއްޗު ދެއްވި މި ފުރިހަމަ ތާއީދަށް މޫސާ ޖަލީލް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

އުއްޗުގެ އިތުރުން، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު (ސަރަނގު) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވެސް ވަނީ މޫސާ ޖަލީލަށް ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވާފައެވެ. މިއާއެކު، މޫސާ ޖަލީލުގެ ކެމްޕޭނަށް ވަނީ އިތުރު ފޯރިއަކާއި ކުރިއެރުމެއް ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަލައިކާގެ ހުޅުމާލެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި

minister ihsaan

ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ: އިހްސާން

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް