ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

އިސްރާއީލާއި އެމެރިކާ ސިފައިންގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް:
TTH_Ads
STO_Ads
Advertisement

އީރާނުގެ އިސްފަހާންއާއި، ޚުރަމްޝަހްރްގެ ހަކަތައާ ގުޅުންހުރި އެތައް ތަނަކަށް އިސްރާއީލާއި އެމެރިކާ ސިފައިން ބޮންއަޅައި ބޮޑެތި ގެއްލުންތައް ދީފިއެވެ.

މިއީ، އީރާނުގެ ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާދިނުން 5 ދުވަހަށް ފަސްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިފަހުން ދިން ހަމަލާތަކެކެވެ. އީރާނުގެ ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާދޭން މުހުލަތު ދިނުމަށްފަހު ޓްރަމްޕް އެކަން ފަސްކުރީ އީރާނާ ވާހަކަ ދައްކައި އެއްބަސްވުމެއް ހެދުމަށް ބޭނުންވާ ކަމަށް ބުނެއެވެ.

އީރާނު ސަރުކާރާ ގުޅުންހުރި ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، އިސްފަހާންއާއި، ޚުރަމްޝަހްރްގެ ހަކަތައިގެ ދެތަނަކަށް އެމެރިކާއާއި އިސްރާއީލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ބޮންއެޅުމުގެ ސަބަބުން އިސްފަހާންގެ ގޭސް އޮތޯރިޓީގެ އިމާރާތަކާއި، ގޭސް ރިޑަކްޝަން ސްޓޭޝަނެއް ހަލާކުވެފައިވާ ކަމަށްވެސް ފާރސް ނޫސް އޭޖެންސީން ބުނެފައި ވެއެވެ. އަދި ކައިރީގައި ހުރި ބައެއް ގެތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، ޚުރަމްޝަހްރްގެ އިންޖީނުގެއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިންވެސް ދުޝްމަނުން ހަމަލާދީ ހަލާކު ކޮށްލާފައިވާ ކަމަށް ފާރސްއިން ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ހަމަލާތަކާ ގުޅިގެން އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރިޕޯޓްތައް ބުނަނީ މި ހަމަލާތަކުގެ ރައްދު އީރާނުން ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އީރާނުގެ އިންޖީނުގެތަކަށް ދޭން އުޅުނު ހަމަލާ މަޑުޖައްސާލައި އީރާނަށް 5 ދުވަހުގެ މުހުލަތު ދިންފަހުން، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނޭ ކަމަށާއި، އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމް ހަލާކުކޮށްލާފައި ނޫނީ އިސްރާއީލު ހުއްޓާނުލާނޭ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި