ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެލްގްރޭޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވަނީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރބިއާގެ ބެލްގްރޭޑުގައި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބެލްގްރޭޑް އެކްސްޕޯގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އެއްބަސްވެއްޖެއެވެ.

ބެލްގްރޭޑުގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމެ ތެރެއިން ބެލްގްރޭޑް އެކްސްޕޯ 2027ގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.

“ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް” މި ޝިއާރުގެ ދަށުން ބާއްވާ ބެލްގްރޭޑް އެކްސްޕޯ 2027 ކުރިއަށްދާނީ އަންނަ އަހަރުގެ 15 މެއި އިން 15 އޮގަސްޓަށް ބެލްގްރޭޑްގައެވެ. މި ހަރަކާތުގައި 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށްވެސް ލަފާކުރެއެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމާއެކު، އެކްސްޕޯގެ އިބްތިދާއީ ޕްލޭނިންގް މަރުހަލާ ނިމި، އަމަލީ ތައްޔާރީތަކުގެ ދެވަނަ މަރުހަލާ ފަށާފައިވާ ކަމަށް ވީއެމްސީން މައުލޫމާތު ދެއްވައެވެ. އެގޮތުން، މީގެ ކުރިން ބޭއްވުނު ބައިނަލްއަގުވާމީ މަޝްވަރާތަކަށް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ސަގާފަތާއި އަމިއްލަވަންތަކަން ދައްކާލުމަށް ތައްޔާރީތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

މި އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ފުރުސަތެއްކަން ވީއެމްސީން ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމުގެ މަގުވެސް މި އެކްސްޕޯގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. އަދި މި އެކްސްޕޯއާއެކު އުފެދިގެންދާނެ ގުޅުންތަކުގެ ސަބަބުން ފަތުރުވެރިކަމާއި، ސަގާފަތާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ގައުމީ އަމިއްލަވަންތަކަން އެއް މަންސައަކުން ދުނިޔެއަށް ދައްކާލުމަށް ފަސޭހަވެގެންދާނެކަމަށް ޝިއުރީ ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް އިން ދެން ކުރިއަށްގެންދާނީ އެކްސްޕޯގެ އިންތިޒާމު ކުރާ ކޮމިޓީއާ ގުޅިގެން ރާއްޖޭގެ ޕެވިލިއަން ފަރުމާކުރުމާއި ހަރަކާތްތައް ރޭވުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިއީ ވިލާތުގެ މާކެޓުތަކުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ މަސައްކަތްތައް އިޝްތިހާރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވީއެމްސީން ފާހަގަކުރެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމިރޭޓްސް އަދި ޤަތަރާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރަނީ

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް މަޝްވަރާކޮށްފި

Sabeeha visit Maldives

ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ

88887

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި