ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767
TTH_Ads
STO_Ads
Advertisement

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށެވެ.

މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތައް:

HajjCop_ads
Advertisement

މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)

މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)

މަސްޖިދުއްތަޢުބާ (ނ. މަނަދޫ)

މ މަސްޖިދު ރައްޔާން (ސ. މަރަދޫ)

މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)

މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)

ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)

މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)

މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)

މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)

މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)

މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)

މަސްޖިދުލް ސަލާމް (ލ. ގަން)

މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)

މިނިސްޓްރީން ބުނިގޮތުގައި 2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް މިނިސްޓްރީން އަންނަނީ މި މުސްޙަފްތައް ހަދިޔާކުރަމުންނެވެ.

ސަޢުދީ ޢަރަބިއްޔާއިން މުސްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެއްކަމަށް މިނިސްޓްރީން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

Io

މި ފަހަރުގެ ޗުއްޓީގައި 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފި

ސިލްސިލާ ދައުރާ ޕްރޮގްރާމް ފަށައިފި