ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަން ތައްޔާރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން  މިއަދު ބުނި ގޮތުގައި ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްފައި ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

“މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން,” އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އުމްރާއަށް މީހުން ގެންދަން ފައިސާ އަތުލުމަށްފަހު އެ މީހުން އުމްރާއަށް ނުގެންދިޔ ގްރޫޕްގެ މައްސަލަ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ

maldivian hajj

އުމްރާއަށް ނުފުރި ތިބި މީހުން ފުރުވާލުމުގެ އިންތިޒާމު ސަރުކާރުން ފަށައިފި

ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި