ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

DSC

އައްޑޫސިޓީއަށް ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިއްޖެއެވެ.

އެ ބޭފުޅުން ޕީއެންސީއާ ގުޅިފައިވަނީ ރޭ އާޓިފިޝަލް ބީޗުގައި އޮތް ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމަށް މިރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ.

މި ހަފްލާގައި ކޮންގްރެސް ޕާޓީއާ ގުޅުނު ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީގެ އެމްޑީޕީގެ ކުރީގެ ރައީސް އަޙްމަދު އަދްޙަމް އާއި އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ރައީސް އަބްދުالله ސަޢީދު އާއި އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސައީދު (ދަގޭ) އާއި ފޭދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ ކައުންސިލަރު އަދި އެލްޖީއޭގެ ކުރީގެ މެންބަރު އަހްމަދު މިރުޒާލް އާއި ލަންކާގައި އެމްޑީޕީ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ ފާތިމަތު ޝިޔާމާ އާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރަމުންދާ ޙައްވާ ޒާހިރާ ހިމެނެއެވެ.

މި ބޭފުޅުން ޕީއެންސީއާ ގުޅުމާ ގުޅިގެން އެ ޕާޓީން ވަނީ ވަރަށް ހޫނު މަރުޙަބާ އެެއް ކިޔާފަ އެވެ. އެ މެންބަރުން ވަނީ ޕާޓީއާ ގުޅޭ އިޤްރާރާއި މެންބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި