ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

Oo
STO_Ads
TTH_Ads
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ބޭނުންވަނީ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުންކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަންފޯރުކޮށްދީ އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭންތަކުގައި ދައްކާ ވާހަކައަކީ ސަރުކާރުކާރަށް އުނދަގޫކުރުމާ ގުޅޭ ވާހަކަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

“އަޅުގަނޑުމެންނާ ވާދަވެރި އިންތިހާބުގައި ވާދަކުރާ ބޭބޭފުޅުން ވެސް ވިދާޅުވޭ މިހާތަނަށް ކުރި އުނދަގުލަކީ ކޮބާހޭ. ނޫނީ މާދަމާ ތިމަންނަމެން އިންތިހާބުކޮށްގެން ކޮބާހޭ ކުރާނެ އުނދަގޫތަކަކީ. ދަންނަވާލަން ބޭނުންވާނީ މިއަދު ޕޯޑިއަމްތަކުގައި އެވާހަކަ އެ ދައްކަނީ ސަރުކާރާ އެއްބާރުލުން ދީގެންތޯ. ސަރުކާރުގެ ސިޔާސަތަކަށް ތާއީދުކޮށްގެންތޯ،”

މިހާރު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން އަމަލުކުރަމުންދާގޮތާއި އެ ޕާޓީގެ ކަންކަން ހުރިގޮތަށް ބަލާއިރު، އެ ބޭފުޅުން ކައުންސިލަށް އިންތިހާބުވެއްޖެނަމަ، ސަރުކާރަށް ޖެއްސުންކޮށް އުނދަގޫކުރާނެކަން ސާފުވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ މީގެއިން ވެސް އެބަދޭހަވޭ އަޅިގަނޑުމެންނަށް އެބަ ޔަގީންވޭ އެއިން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ސީދާ އިދިކޮޅަށްކަން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ،”

ނައިބު ރައީސްގެ ވާހަކަފުޅުގައި ރިޔާސީ އިންތިހާބާއި މަޖލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވިއެވެ. އަދި އެއީ މީގެކުރިން އެމްޑީޕީގެ އިސްވެރިން ވެސް ތާއީދުކޮށް ވަކާލާތު ކުރެއްވިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

Big CCAfUaIpz3vt6ieSCJyX2MrDI

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބު ޖުލައި 11ގައި

މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން: ސަލީމް

Sstv FORM FOR EC

ޕީއެންސީއަކީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހޯދި ޕާޓީކަމަށް ރައީސް ވިދާޅުވެއްޖެ