ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

STO_Ads
Maldivian_Ads
TTH_Ads
Advertisement

އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ދަ ގްރޭޓަރ އައްޑޫ އިވެންޓް”ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ މި ސަރުކާރުން ކަމަށާއި، އެކަން ނަތީޖާއިން ދައްކުވައިދެމުންދާކަމަށެވެ.

ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް މިއަދާ ހަމައަށް އައިއިރު ތަރައްޤީކުރުމަށްޓަކާ ކުރިކަމެއްވިއްޔާވެސް ކޮށްފައި ވަނީ މި ސަރުކާރުންކަމަށެވެ. އެގޮތުން ޤާނޫނަށް ގެނެސްދޭން ޖެހޭ ބަދަލުތައް ގެނެސްދީ، ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ލިބޭގޮތް ހަދައިދިނީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑަބްލިއުޑީސީތަކުގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ފުލް ޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރީވެސް މި ސަރުކާރުންކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ކޮމެޓީތަކަށް ބަޖެޓުގެ ގޮތުގައި ކުރިން ލިބެންމުންދިޔަ %5 ގެ ބަދަލުގައި %10 އަށް ޑަބަލްކޮށްދިނީވެސް މި ސަރުކާރުން. އަދި ރަމަޟާން އިނާޔަތަކީ އެފައިސާއިން ދޭންޖެހޭ އެއްޗެއްގެ ބަދަލުގައި ކައުންސިލުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅައިދިނީވެސް މި ސަރުކާރުން. އެހެންވީމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ކޮމެޓީއަކަށް ހަދައިދިނީ މި ސަރުކާރުން.” ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުމަށްޓަކާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތާއި، އެކި ގޮތްގޮތުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށްޓަކާ ކުރެވެން ހުރި ކަންކަން ސަރުކާރުން ކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރަންހުރި ކަންކަން ކުރުމަށްޓަކާވެސް ކަންކަން ތަރުތީބުކުރެވިފައިވާކަމަށެވެ.

ވިމެން އެމްޕަވަރމަންޓް މެއިން ސްޓްރީމްކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Original

ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނުކުރައްވައިފި