ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

PNC
TTH_Ads
Maldivian_Ads
STO_Ads
Advertisement

ވެރިކަން ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ލީޑާޝިޕުން ނިންމަވާފައިވާކަން އިއުލާންކުރެއްވީ، އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންސީގެ “ދަ ގްރޭޓާ އައްޑޫ އިވެންޓް” ގައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

“ކުރިއަށްއޮތް ދުވަސްތަކަކީ މި ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ދުވަސްތައް. އެގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޕާޓީގެ ކޮންގްރެސް ބާއްވާނަން، އެގޮތަށް މިހާރު އޮންނާނީ ލީޑާޝިޕުން ނިންމާފައި. އެހެންވީމާ އެ ކޮންގްރެސްއަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީގޮތުން ކުރިއަށްދިއުމަށްޓަކައި ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ފުރުސަތެއް، ވަރަށް ފުޅާ ފުރުސަތެއް އެ ލިބިގެން އަންނަނީ،” އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ ކުރިއަށްއޮތް ކޮންގްރެސްއަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ ޕީއެންސީއާ އިތުރު ފަރާތްތައް ގުޅުމަށާއި، މިހާރު ތިބި ފަރާތްތަކުން ވެސް އިތުރަށް މަސައްކަތްކުރުމަށާއި، ކެމްޕޭނުގައި ވެސް އިތުރަށް ހިތްވަރުލައިގެން ނުކުމެ މަސައްކަތްކުރުމަށާއި، މިހާރު އެކި ސަބަބުތަކާ ހުރެ އެކި ކަހަލަ ކުދި ހިތްހަމަނުޖެހުމުގައި ގޭގައި ތިބި ފަރާތްތަކުން ވެސް ނުކުމެ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“މި ކޮންގްރެސްއަކީ ވަރަށް އިންސާފުވެރިކަމާއެކު އަޅުގަނޑުމެން ބާއްވާނެ ދެފުށްފެންނަ ވަރަށް ފުރިހަމަ ކޮންގްރެސްއަކަށް އިރާދަކުރެއްވިއްޔާ ވާނެ. މި ޕާޓީ ކަންކަން ކުރަމުންދާނީ އަބަދުވެސް ކަންކަން ކުރަމުންދާގޮތަށް، ވަރަށް އޯގަނައިޒްކޮށް، ވަރަށް ތަރުތީބުން ދެފުށްފެންނަ ގޮތަށް. އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ފިކުރުގައި ތިބި ހުރިހާ ރައްޔިތުން އަތުކުރި އޮޅާލައިގެން މިހާރު ނުކުންނަން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި އެ ޕާޓީއަކީ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމުން، ޕީއެންސީން ޕްރޮމޯޓުކުރާނީ ޕާޓީ ކަމަށެވެ. އަދި ޕީއެންސީއަކީ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، ޕާޓީ ނިޒާމު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ، ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި