ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލް އަވީވާއި އިސްރާއީލުގެ މެދުތެރެއަށް އީރާނުން ރޭގައި ދިން ވަރުގަދަ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް

ތެލް އަވީވް އަނދަނީ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުގެ ތެލް އަވީވަށާއި، އިސްރާއީލުގެ މެދުތެރޭގެ ސަރަހައްދުތަކަށް އީރާނުން ރޭގައި ދިން ވަރުގަދަ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.

އީރާނުގެ ހަމަލާތަކުގައި ތެލް އަވީވާއި، އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކުން އެތައް އުސް އިމާރާތެއް ހަލާކުވެ ބިމާހަމަވެފައި ވެއެވެ.

ޚާއްސަކޮށް ތެލް އަވީރަށް ރޭގައި ލިބުނު ގެއްލުންތައް ވަރަށް ބޮޑުކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނުގެ ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގައި ވަރުގަދައަށް އަލިފާން ރޯވެ މިހާރުވެސް އަނދަމުން އެބަ ދެއެވެ.

އެ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި، ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު،

އިސްރާއީލުގެ އިމަޖެންސީ ޚިދުމަތްތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އަދި އަލިފާން ނިއްވާ ޓީމުތަކުން ގެންދަނީ އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

އީރާނުން ރޭގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދުތަކެއް އަދި ޒަޚަމްވި މީހުންގެ އަދަދުތަކެއްވެސް އިސްރާއީލުން ހާމައެއް ނުކުރެއެވެ.

އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދުތަކާއި، އަދި ލިބޭ ގެއްލުންތައް އިސްރާއީލުން ގެންދަނީ ސިއްރު ކުރަމުންނެވެ.

އަދި ހަމަލާތަކުގައި ލިބޭ ގެއްލުންތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އާންމު ކުރުން އިސްރާއީލު މީޑިއާ އަދި އިސްރާއީލުގައި ހަރަކާތްތެރިވާ ބޭރުގެ މީޑިއާތަކަށްވެސް ގާނޫނަކުން މަނާކޮށްފައި ވާއިރު، އެފަދަ މަންޒަރުތައް ސޯޝަލް މީޑިއާއަށް ލުން އާންމުންނަށްވެސް މަނާކޮށްފައި ވެއެވެ.

އިސްރާއީލުގެ ހުރަސްއެޅުންތަކާއެކު، އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ ރަށްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އާންމުވަމުން އެބަދެއެވެ.

އިސްރާއީލުގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ތެލް އަވީވްގެ އިންފްރާސްޓްރަކްޗަރގެ ބޮޑުބައެއް އީރާނުން ހަމަލާދީ މިހާރުވަނީ ބިނާހަމަކޮށްލާފައެވެ.

އީރާނުގެ ހަމަލާތައް އަމާޒުކުރަމުންދާ ތަންތަނުގެ ތެރޭގައި، އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނާއި، ދިފާއީ ވުޒާރާއާ ގުޅުންހުރި ތަންތަނާއި، އަސްކަރީ ޓެކްނޯލޮޖީއާ ގުޅުންހުރި ތަންތަނުގެ އިތުރުން، އިސްތިއުމާރީ ސަރުކާރުގެ ތަންތަންވެސް ހިމެނެއެވެ.

އީރާނުން ރޭގައިވަނީ، ފުރަތަމަ ފަހަރަށް ކްލަސްޓަރ މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާ ދީފައެވެ.

ތެލް އަވީވާއި، އިސްރާއީލުގެ މެދުތެރެއަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރި ކްލަސްޓަރ މިސައިލަކީ “ޚައިބަރު ޝެކާން” ގެ ނަމުން ނަންދީފައިވާ މިސައިލެކެވެ.

ކްލަސްޓަރ މިސައިލަކީ ހަމަލާ ދޭން ބޭނުންވާ ސަރަހައްދުގެ މަތިން މިސައިލް އަމިއްލައަށް ރޫޅި، އެއިން އިތުރު ވިއްސަކަށް ކުދި މިސައިލް ބޭރުވެ، އެ މިސައިލްތައް ފޮނުވާލައިގެން ބޮޑު ސަރަހައްދަކަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ކްލަސްޓަރ މިސައިލް ރޫޅި، އެއިން ވަކިވާ ކޮންމެ ކުޑަ މިސައިލަކީ 2.2 ކިލޯގެ ގޮވާތަކެތި އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ކްލަސްޓަރ މިސައިލްތައް އިސްތިއުމާރީ އިސްރާއީލުގެ ވައިގެ ސަރަހައްދު ތެރޭގައި ރޫޅި، ކުދި މިސައިލްތައް އިސްރާއީލުގެ ތަންތަނަށް އަމާޒުވެ ގޮވަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

އީރާނުން ފޮނުވާލި ކްލަސްޓަރ މިސައިލްތައް ހުއްޓުވުމަކީ އެމެރިކާގެ އަޔަން ޑޯމަށްވެސް ކުޅަދާނަ ކަމެއްނޫނެވެ.

ކްލަސްޓަރ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުން މަނާކަމެއް ނަމަވެސް، އެކަން މަނާވަނީ އެކަމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކަށެވެ. އީރާނާއި އިސްރާއީލުވެސް އެ މުއާހަދާގައި ބައިވެރިއެއް ނުވެއެވެ.

އީރާނުން ރޭގައި ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން އެމެރިކާއާއި އިސްތިއުމާރީ ސިފައިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ގިނަ މިސައިލްތަކާއި، ޑްރޯންތައް ވަނީ އޭގެ އަމާޒަށް ވާސިލްވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MMA_Ads
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި