ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަވަށްޓެރި އެއްވެސް ގައުމަކަށް ހަމަލާއެއް ނުދެން، އީރާނުން ރައްދުދެނީ ދުޝްމަނުންގެ ތަންތަނަށް އެކަނި: އީރާން

އަޒަރބައިޖާންގެ އެއަރޕޯޓަށް ދިން ހަމަލާގެ މަންޒަރެއް:
STO_Ads
TTH_Ads
Advertisement

އީރާނުން އަޒަރބައިޖާނަށް ހަމަލާ ދިން ކަމަށް ފަތުރަމުންދާ ވާހަކަތައް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް ކާޒިމް ޤާރިބްއަބަދީ ދޮގު ކުރައްވައިފިއެވެ.

މީޑީއާއަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ، އީރާނުން އަޒަރބައިޖާނަށް ހަމަލާ ނުދޭ ކަމަށެވެ. އަދި އެކަން މިނިވަން ގޮތެއްގައި ތަހްގީގު ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

އީރާނުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުވެސް ވިދާޅުވީ، އީރާނުން އަޒަރބައިޖާނަށް ހަމަލާ ނުދޭ ކަމަށާއި، މިއީ ޒަޔަނިސްޓު އިސްރާއީލުން ހިންގި އަމަލެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް ކާޒިމް ޤާރިބްއަބަދީ ވިދާޅުވީ، އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭ ކަމަށާއި، އީރާނުން ރައްދު ހަމަލާތައް ދެމުން ގެންދަނީ، ސަރަހައްދުގައި ދުޝްމަނުންގެ އަސްކަރީ ބޭސްތައް ގާއިމްކޮށްފައި ހުރި ގައުމުތަކުގެ ބޭސްތަކަށް އެކަނި ކަމަށެވެ.

އަޒަރބައިޖާންގެ އެއަރޕޯޓަށާއި، އެކި ހިސާބުތަކަށް މިއަދު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އެއީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ބުނެ އަޒަރބައިޖާންގެ ރައީސް އިލްހާމް އަލީޔޭވްވަނީ އެކަމާ ވަރަށް ބޮޑަށްނުރުހުން ފާޅުކުރައްވާފައެވެ.

ސައިޕްރަސްގައި ހުރި އިނގިރޭސީންގެ އަސްކަރީ ބޭހަކަށާއި، ތުރުކީ، އަދި ސައުދީ އަރަބިއްޔާގެ އެކި ހިސާބުތަކާއި އަދި މިއަދު އަޒަރބައިޖާނަށް ހަމަލާ ދިނީ އީރާނުން ކަމަށް ބުނެ ކކުރާ ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.

ސައުދީ ތެލުގެ ސިނާއަތުގެ ތަންތަނަށް ހަމަލާ ނުދޭކަމަށް އީރާނުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ. ސައުދީ ތަންތަނަށް ހަމަލާދޭން ރާވަމުންދިޔަ ޒަޔަނިސްޓް މޮސާޑުގެ އޭޖެންޓުންތަކެއް ސައުދީ އަރަބިއްޔާއިން ފަހުން އަތުލައިގެންފައިވެސް ވެއެވެ.

ސައިޕްރަސްއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުން އުފައްދާ ވައްތަރުގެ މިސައިލްތަކެއް ހަދައި އީރާނުގެ ލޭބަލް ޖަހައިގެން ކަމަށް ވެއެވެ. އެއީ، އީރާނުން ކުރާ ކަމެއްކަން ދުނިޔެއަށް ދެއްކުމަށެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަދި އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ގެންދަނީ ކެނޑިނޭޅި ރައްދު ހަމަލާތައް ދީ ބޮޑެތި  ގެއްލުންތައް ދެމުންނެވެ.

އީރާނުން ހަމަލާދެ ގައުމުތަކުގެ އިތުރުން، އެހެން ގައުމުތަކަށްވެސް ހަމަލާތައް އަމާޒުވަމުންދާތީ، މިއީ ހަނގުރާމައިގެ ތެރެއަށް އިތުރު ގައުމުތައް ވައްދަން އިސްރާއީލުން ހިންގާ ޖަރީމާތަކެއްކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު