ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްގެ މައްސަލައިގައި ހޯދަން އިއުލާންކުރި އަންހެން މީހާ ހައްޔަރުކޮށްފި

009
TTH_Ads
STO_Ads
Advertisement

އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި، ހޯދަން އިއުލާންކުރި އަންހެން މީހާ ހައްޔަރުކޮށްފިއެވެ.

ސްކޭމް މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެގެން ފުލުހުން ފޮޓޯއާއެކު އާއްމުކޮށް ހޯދަން އިއުލާން ކުރީ ތ. ހިރިލަންދޫ، ނާގަލި، ޢާއިޝަތު ނާޛިރާ (41އ) އެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

HajjCop_ads
Advertisement

ފުލުހުން މި އަންހެން މީހާ ހޯދަން އިއުލާނުކުރީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

އޭނާ ހާޒިރުކުރީ ސްކޭމްގެ މައްސަލައެއްގެ ތަހުގީގުގައި ތުހުމަތުކުރެވޭ ފަރާތެއްގެ ހައިސިއްޔަތުން ސުވާލުކުރުމަށެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ 14 މައްސަލައެއްގެ ތުހުމަތު މި އަންހެން މީހާގެ މައްޗަށް ކުރެވެއެވެ.

އޭނާ ބަންދު ކުރަން ނިންމި މަޖިލީހުގައި، އޭނާ ވަނީ އޭނާއަކީ ބަލި މީހެއް ކަމަށް ބުނެފައެވެ. އަދި ވަކީލެއްގެ ފުރުސަތު ދިނުމަށް އޭނާ އެދިފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

މިދިޔަ ހަފުތާގައި ސްކޭމްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، އޮޅުވާލުމުގެ މައްސަލަތައް އިތުރުވެއްޖެ

Police vcle

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމްގެ މައްސަލަތަކުގައި 33 މިލިއަން ރުފިޔާގެ ގެއްލުން

H6txovzbmjojwefnjhdb

ޓިކްޓޮކްގައި “އިނާ” ނަމަކަށް ކިޔާ އެކައުންޓަކުން ސްކޭމް ހިންގާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ