ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެންނަނީ

STO_Ads
TTH_Ads
Advertisement

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސެކެޓްރީ ޖެނެރަލް އަޙްމަދު ޝާބިންއެވެ.

MMA_Ads
HajjCop_ads
Advertisement

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ، މި ވެހިކަލްގެ ސަބަބުން މާލޭގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

“އުމުރުން ދުވަސްވީ މީހުންގެ އާބާދީ މާލޭގަވެސް އިތުރުވަމުން ދާއިރު، ޞިއްޙީ ޚިދުމަތަކީ ވަރަށް ބޮޑު މައްސަލައެއް. މި ޕްރޮޖެކްޓުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ. މި ވެހިކަލްތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ޞިއްޙީ ހާލަތު ރަނގަޅުވެ، ކުއްލި ޙާލަތްތަކުގައި ބުރަ ކުޑަވެގެންދާނެ.” ސަފީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ޝާބިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި، ޞިއްޙީ ޚިދުމަތްތައް ލިބުމާއި މިނޫނަސް ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

“އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ މީހުންނަށް ހިނގާބިނގާވެ އުޅުމާއި، ޞިއްޙީ ޚިދުމަތް ލިބުމާއި، އިޖްތިމާޢީ ބައިވެރިވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ. އެމީހުންނަށް ޚާޢްސަ ކޮށްގެން މި ގެނެވޭ އުޅަނދުތައް މާލެ ގެނެވުމުން އެ މީހުންނަށް ރައްކާތެރި އަދި ވަގުތުން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ”. ޝާބިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑް ކްރެސެންޓުގެ ޕޭޝަންޓް ޓްރާންސްޕޯޓު ޚިދުމަތް މިހާރަށްވުރެ ފުޅާދާއިރާއެއްގައި މާލެ ސިޓީގައި ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެއެވެ. އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތް ފޯރުކޮށްދީ، މުޖުތަމަޢުގެ ތެރޭގައި ދޭ އެހެނިހެން ޚިދުމަތްތަކާއި، އިމަރޖެންސީ ރެސްޕޮންސް މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ދިވެހި ރެޑް ކްރެސެންޓުން ވިދާޅުވެއެވެ.

މިއީ، 65،784 ޑޮލަރުގެ މަޝްރޫޢެކެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޖަޕާނު ރަސްގެފާނަށް މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަޔަރފައިޓިންއާ ގުޅުންހުރި އިކުއިޕްމެންޓްތަކެއް ޖަޕާން ސަރުކާރުން ހަދިޔާކޮށްފި