ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް 152 މިލިއަން ޔެންގެ ހިލޭ އެހީ ދީފި

Io
TTH_Ads
STO_Ads
Advertisement

ޖަޕާނު ސަރުކާރުގެ ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ޖަޕާން ސަރުކާރުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލަޝިޕް މަޝްރޫއުގެ ދަށުން މި އަހަރަށް ދޭން ހަމަޖެހިފައިވާ ފުރުސަތުތަކާ ގުޅޭގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން ނުވަތަ 1020134 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމައިފައެވެ. 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ދެމުން އަންނަ މި އެހީގެ މައިގަނޑު މަގުސަދަކީ ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމެވެ. މީގެ އިތުރުން މުސްތަގުބަލުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު ޒުވާނުން ބިނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ ވަރަށް މުހިންމު އަމާޒެކެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ކާމިޔާބީއަށް ބަލާއިރު މިހާތަނަށް ޖުމުލަ 17 ދަރިވަރުން މި ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކޮށް ދަސްވެނިވެފައިވެއެވެ. އަދި މިހާރު ވެސް ޖަޕާނުގެ އެކި ޔުނިވަސިޓީތަކުގައި ރާއްޖޭގެ 9 ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާއާއި ތައުލީމާއި މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއާއި މާލީ ކަންކަމާ ބެހޭ ވުޒާރާގެ އިތުރުން ޖަޕާނުގެ އެމްބަސީއާއި ޖައިކާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަޕާނުގެ ވިޔަފާރިތަކަށް ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

88887

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި