ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ހޯމަދުވަހުގެ ރޭގެ ހަމަލާތައް ސީދާ އަމާޒުކުރީ އިސްރާއީލު އަސްކަރިއްޔާގެ ވެރިން މަރާލަން

ތެލް އަވީވްގައި ހުރި އިސްތިއުމާރީ އަސްކަރިއްޔާގެ މައި އިމާރާތަކަށް އީރާނުން ހަމަލާދީ ގޮއްވާލަނީ:
STO_Ads
TTH_Ads
Advertisement

އީރާނުން މިހާރު ދެމުންގެންދާ ވަރުގަދަ ހަމަލާތައް އަމާޒުކޮށްފައިވަނީ ސީދާ އިސްތިއުމާރީ ބާރުގެ ވެރިން މަރާލުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުން އެބަދެއެވެ.

އީރާނުން ހޯމަ ދުވަހުގެރޭ ވަނީ، އިސްރާއީލަށް އައު ބާވަތްތަކުގެ މިސައިލުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

ހަމަލާތައް ދިނުމަށް ބެލިސްޓިކް މިސައިލާއި، ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، އެތައްސަތޭކަ ޑްރޯންވެސް ބޭނުން ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

MMA_Ads
HajjCop_ads
Advertisement

އީރާނުން ދެމުންގެންދާ ހަމަލާތަކުގައި އިސްތިއުމާރީ އިސްރާއީލުގެ ހުރިހާ ހިސާބަކުން ވަރުގަދަ ގޮވުންތައް ގޮވައި، ބޮޑެތި ހުޅުގަނޑުތައް ވަޔަށް އަރައިގެންދާ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އީރާނުން ދެމުންގެންދާ ހަމަލާތައް ވަރުގަދަކަމުން މުޅި އިސްރާއީލުގެ ޖައްވު ފެންނަނީ އަލިގުޅައެއްހެންނެވެ.

ޚަބަރުތައް ބުނާގޮތުގައި، އީރާނުން ހޯމަ ދުވަހުގެ ރޭ ދޭންފެށި ހަމަލާތައް އަމާޒުކުރަމުން ގެންދަނީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުގައި ބައިވެރިވާ އިސްރާއީލު ވެރިން މަރާލުމަށެވެ.

ނަމަވެސް، އެއީ ސީދާ ކޮން ބައެއް ކަމެއް ރިޕޯޓްތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، އެންމެފަހުގެ ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ތަންތަނަށް ކަމަށް ވެއެވެ.

އެގޮތުން، ތެލް އަވީވްގައި ހުރި އިސްރާއީލު އަސްކަރިއްޔާގެ މައި އިމާރާތަކަށް ހަމަލާދީ އެ އިމާރާތް އީރާނުންވަނީ ގޮއްވާލާފައެވެ.

މި ހަމަލާގައި އިސްތިއުމާރީ އަސްކަރިއްޔާގެ އިސް އެތައް ވެރިން މަރާލެވިފައިވާ ކަމަށްވެސް ޚަބަރުތައް ބުނަމުން އެބަދެއެވެ. މަރުވި މީހުންގެ ތެރޭގައި މުޖުރިމު ނަތަންޔާހޫއަ ގާތް އަސްކަރީ ޖެނެރަލުންތަކެއް ހިމެނޭ ކަމަށްވެސް ބުނެއެވެ.

އީރާނުން ފޮނުވާލި ބެލިސްޓިކް އަދި ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތައް ހުއްޓުވަން އިސްރާއީލުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން އެތައް މަސައްކަތެއް ކުރަމުންދިޔަ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ދައުރުވަމުން އެބަ ދެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުންނާއި، އަދި މަންޒަރު ފެންނަ ހިސާބުގައި ތިބި ނޫސްވެރިން ބުނަނީ، އީރާނުން ފޮނުވާލާ ގިނަ މިސައިލްތައް އިސްރާއީލުގެ ދިފާއު ފޫއަޅުވާލާފައި އަމާޒަށް ވާސިލްވަމުންދާ ކަމަށެވެ.

އީރާނުގެ ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ކުރިމަތީގައި އިސްރާއީލުގެ އެއަރ ޑިފެންސް ސިސްޓަމްތައް ފެންނަނީ ބޭކާރު އެއްޗެއްގެ ގޮތުގައި ކަމަށްވެސް ނޫސްވެރިން ބުނަމުން ގެންދެއެވެ.

އީރާނުގެ ހަމަލާތަކުގެ ވަރުގަދަ ކަމުން އިސްތިއުމާރީ އިސްރާއީލުގެ އާބާދީގެ 90 އިންސައްތަ މީހުން މިހާރު ތިބީ ބިންގަރާސްތަކަށް ވަދެ ފިލާފައި ކަމަށް މީޑިއާ ވަސީލަތްތަކުން ބުނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި