ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުޝްމަނުން ސިއްސައިގެންދާފަދަ ގެއްލުންބޮޑު ހަމަލާތަކެއް ކުޑައިރުކޮޅެއް ތެރޭގައި ފެށޭނެ: އައިއާރްޖީސީ

އީރާނުގެ ކޮމާންޑަރ އިން ޗީފްގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ވަހީދީ:
TTH_Ads
STO_Ads
Advertisement

އީރާނުގެ ތާރީޚްގައިވެސް ދޭ އެންމެ ވަރުގަދަ އަދި ދުޝްމަނުން ސިއްސައިގެންދާ ވަރުގެ ހަމަލާތައް ދޭން ފަށަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަރަނަރީ ގާޑް – އައި އާރްޖީސީން ތައްޔާރު ވެއްޖެއެވެ.

އައިއާރްޖީސީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއް، އީރާނު ސަރުކާރަށް ނިސްބަތްވާ ފާރސް ނޫސް އޭޖެންސީން ވަނީ އާންމުކޮށްފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ދުޝްމަނުންނާ ދެކޮޅަށް ދޭ ވަރުގަދަ ހަމަލާތައް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނުގެ ހަމަލާތައް އަމާޒުކުރާނެ ތަންތަނުގެ ގޮތުގައި ބުނެފައިވަނީ، އިސްތިއުމާރީ އިސްރާއީލުގެ ބާރުތަކާއި، ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ޓެރަރިސްޓު ބޭސްތަކަށް ކަމަށެވެ.

އީރާނުގެ ތާރީޚްގައިވެސް އީރާނުންދޭ އެންމެ ވަރުގަދަ ހަމަލާތައް ފަށަން ތައްޔާރުވެފައިވާކަން، އީރާނުގެ ނުފޫޒުގަދަ އައިއާރްޖީސީން މި އިއުލާން ކުރީ، އެމެރިކާއާއި އިސްރާއީލުން ހޮނިހިރު ދުވަހުގެ ހެނދުނު ތެހެރާނަށް ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ރަސްމީކޮށް އިއުލާން ކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

ޚާމަނާއީ އަވަހާރަކޮށްލިކަން އީރާނުން ހާމަ މިކުރީ، އެތައް އިރެއް ވަންދެން އެކަން ދޮގު ކުރުމަށްފަހުގައެވެ.

އީރާނު އަސްކަރިއްޔާއިން ބުނެފައިވަނީ، އެކަމުގެ ބަދަލުހިފުމުގެ ހަމަލާތައް ވަރަށް ބޮޑުކޮށް އަންނާނޭ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފަށާ ހަމަލާތަކުގެ ފުރަތަމަ އަމާޒަކީ ޚާމަނާއީ އަވަހާރަ ކޮށްލުން ކަމަށް ހާމަކުރުމުން އީރާނުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، ޚާމަނާއީ ވެސް އަދި އީރާނުގެ އެހެން ވެރިޔަކުވެސް އަވަހާރަ ކޮށްލައިފިނަމަ ބަދަލުގައި އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވޭ ނިޒާމެއް އީރާނުގައި އޮންނަ ކަމަށާއި، އެހެންކަމުން، އީރާނުގެ އެއްވެސް ކަމެއް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

ކަން ވަމުންދާތަން ފެންނަނީވެސް އެހެންނެވެ.

އިއްޔެ ހެނދުނުގެ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަ ކޮށްލާފައި ވާއިރުވެސް، އީރާނުން ދުޝްމަނުންނަށް ދެމުންގެންދާ ރައްދު ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް