ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން އަކެއްކާވެސް އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

ތެލް އަވީވްގެ މަންޒަރެއް:
TTH_Ads
STO_Ads
Advertisement

އީރާނުން އަކެއްކާވެސް އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އީރާނުގެ ހަމަލާތައް އިސްރާއީލަށް އަމާޒުވާން މިފެށީ، އިސްރާއީލަށް ހަމަލާދިނުމަށް އީރާނުން އެތައް ބައިވަރު މިސައިލް އުދުއްސާލައިފި ކަމަށް އިސްތިއުމާރީ އަސްކަރިއްޔާއިން ބުނިތާ މާ ގިނައިރެއް ނުވަހީހެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެންމެ ގިނަ މިސައިލް ހަމަލާތައް އަމާޒުވަމުންދަނީ އިސްރާއީލުގެ ތެލް އަވީވަށެވެ. މިސައިލްތައް ވެއްޓޭ މަންޒަރާއި ތަންތަން ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވަމުންވެސް އެބަ ދެއެވެ.

HajjCop_ads
Advertisement

އެމެރިކާއިން ދީފައިވާ އަޔަން ޑޯމާއި، އެހެންވެސް މިސައިލުން ދިފާއުވާ އައްޑަނަތަކަށް އީރާނުގެ މިސައިލްތައް ނުހުއްޓުވޭ ކަމަށާއި، ދިފާއީ އައްޑަނަތައް ފެއިލްވަމުންދާ ކަމަށް، މަންޒަރު ފެންނަ ހިސާބުގައި ތިބި ނޫސްވެރިން ދަނީ ރިޕޯޓް ކުރަމުންނެވެ.

އީރާނުގެ ހަމަލާތަކަށް ފިލަންވެގެން އިސްރާއީލުގެ މިލިއަނަކަށްވުރެ ގިނަ މީހުން މިހާރު ތިބީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.

އިސްރާއީލުގެ އެމްބިއުލެންސް ސަރވިސްއިން ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގައި މިހާތަނަށް 21 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

އިސްރާއީލުގެ ރަށްތަކުން ކެނޑިނޭޅި ދަނީ ނުރައްކަލުގެ ޑަނޑޫރާ ޖަހަމުންނެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށީ، އަމިއްލަ ދިފާއަށް ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް، އީރާނުގެ ރައްދު ހަމަލާތައް ދަނީ ކާމިޔާބު ވަމުންނެވެ.

އެމެރިކާއިން ގާއިމްކޮށްފައި އެންމެ ޒަމާނީ އައްޑަނަ- ތާޑަށްވެސް އީރާނުގެ މިސައިލްތައް ހުއްޓުވޭ ކަމަކަށް ނުވެއެވެ. އެމެރިކާ ސިފައިންނަށާއި، އިސްތިއުމާރީ ސިފައިންނަށްވެސް ބޮޑެތި ބްލަންޑަރތައް ހެދި، ނާކާމިޔާބުވަމުން ދެއެވެ.

ގަތަރުގައި ގާއިމްކޮށްފައިވާ އެންމެރިކާގެ އަސްކަރީ ބޭހަށް އަމާޒުކޮށް އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލަން އެމެރިކާ ސިފައިން އެއްފަހަރާ ތިން މިސައިލް ފޮނުވާލުމުންވެސް އެކަތިވެސް ލައްވާނުލައި، އީރާނުގެ މިސައިލް ސީދާ އަމާޒަށް ވާސިލްވެ ހަމަލާ ކާމިޔާބުވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ދައުރުވަމުން ދެއެވެ.

އީރާނުން ހޮނިހިރު ދުވަހު ބުނެފައިވަނީ، އީރާނުން އިސްރާއީލަށް މިއަދު ދިން ހަމަލާތަކަކީ “ވޯރމްއަޕް” ކޮށްލުމެއް ކަމަށާއި، އީރާނުގެ ރައްދު އޮތީ ކުރިއަށް ކަމަށެވެ.

ދުޝްމަނުން ދުވަހަކުވެސް ދެކިފައިނުވާ ޒާތުގެ ހަތިޔާރުން ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށް އީރާނު އަސްކަރިއްޔާއިން ވަނީ ވައުދުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު