ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި

98
STO_Ads
TTH_Ads
Advertisement

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަތަރު ރަށަކަށް ބޭނުންވާ މުޅިން އައު ހަތަރު ޖެނެރޭޓަރު ގެނެސްފިއެވެ.

އެއީ 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި 400 ކިލޯވޯޓުގެ އެއް ޖެންސެޓް ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. މީގެ ތެރެއިން  ދެ ޖެންސެޓް ރަށްރަށަން ފޮނުވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، އިތުރު ދެ ޖެންސެޓް މާލެ ގެނެސް ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ. މި ޖެންސެޓްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

600ކވ – ލ.އިސްދޫ

HajjCop_ads
Advertisement

400ކވ – ލ.ދަނބިދޫ

600ކވ – ބ.ކެންދޫ

600ކވ – ހއ.ކެލާ

މީގެ ތެރެއިން ލ. ދަނބިދުއަށް ގެންދާ 400ކވގެ ޖެންސެޓާއި ލ.އިސްދުއަށް ގެންދާ 600ކވގެ ޖެންސެޓްވަނީ އެރަށްރަށަށް ގެންދިޔުމަށް ލޯޑް ކުރެވިފައެވެ. އަދި މާދަމާގެ ވަގުތެއްގައި މި ރަށްތަކަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ. ކެލައަށާއި ކެންދޫއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ޖެންސެޓް މިއަދުގެ ވަގުތެއްގައި ކްލިއަރކުރެވި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެރަށްރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަށްރަށުގައި ޑިމާންޑަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ދަނީ ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުން ކުރަމުންނެވެ. ވުމާއެކު، މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ހަތަރު ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOY2rwrbcAAmdIQ

ފެނަކައިގެ އިސްވެރިންތަކަކަށް ފިޔަވަޅުއަޅަން އަންގައިފި

88887

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

Main 20260716

ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ފެނަކައިގެ މަރަދޫފޭދޫ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި