ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޫޓާނަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި

STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއިން ބޫޓާން އަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް އަށް އަރުވައިފިއެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫގައި ބޭއްވުނު ފަތްކޮޅު އެރުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި، ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރަސްގެފާނު ވަނީ ޝިއުނީންއަށް މަރުހަބާ ވިދާޅުވެފައެވެ. ރަސްގެފާނުގެ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނަށާއި ބޫޓާންގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޝިއުނީން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމަށް ވެސް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ފަތްކޮޅު އެރުވުމުގެ ދަތުރުފުޅުގެ ތެރެއިން، ސަފީރު ވަނީ ބޫޓާންގެ ބޮޑުވަޒީރާއި އެ ގައުމުގެ ފޮރިން މިނިސްޓަރުގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންނެވެ.

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ވެސް ހުންނެވި ޝިއުނީން، ބޫޓާންގެ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ 26 ފެބްރުއަރީ 2025 ގައެވެ. ރާއްޖެއާއި ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތޯރިގާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފަށް، ކޮމިޓީގެ ރުހުންދީފި

majilis

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި

ސަލްމާގެ ވަޒީފާ އަލުން އިއާދަ ކޮށްދީފި