ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މައުސަވީ
STO_Ads
TTH_Ads
Advertisement

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މާގިނަ ބޭކާރު ވާހަކަ ދައްކައި އަނގަގަދަ ކުރަނީ ކަމަށް ވިދާޅުވެ އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މައުސަވީ ނަތަންޔާހޫއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ނަތަންޔާހޫއަށް ބަހުގެ ހަމަލާތައް މި ދެއްވީ، އެމެރިކާއާއި އީރާނާ ދެމެދު ބޭއްވޭ ވާހަކަތަކުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިމަނަން ނަތަންޔާހޫ އެމެރިކާއަށް ޕްރެޝަރ ކުރަމުންދާ މައްސަލާގައެވެ.

އެމެރިކާއާ އެކު ދެކެވޭ ވާހަކަތަކުގައި މިސައިލް ޕްރޮގްރާމްގެ މައްސަލަ ހިމަނަން ނަތަންޔާހޫއާއި އަދި އިސްރާއީލުގެ ވެރިން ގޮވާލާ ގޮވާލުންތަކަށް އީރާނު ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މައުސަވީ ވަނީ ދެކޮޅު ހައްދަވާފައެވެ.

HajjCop_ads
MMA_Ads
Advertisement

ނަތަންޔާހޫއާއި، އިސްރާއީލު އަސްކަރިއްޔާގެ ވެރިން ގެންދަނީ، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވަން ނުވަތަ ލިމިޓްކޮށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އަދި މި ދަނޑިވަޅުގައި އެމެރިކާއިން އީރާނަށް ހަމަލާ ނުދީފިނަމަ އެކަން ކުރާނީ އިސްރާއީލުން ކަމަށްވެސް ބުނަމުން ގެންދެއެވެ.

އެގޮތުން، އިސްރާއީލުން ހަމަލާދޭނޭ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ތަންތަން ފާހަގަކޮށް މިހާރުވަނީ އެކަމަށް ތައްޔާރުވެސް ވެފައެވެ. އިސްރާއީލު ވައިގެ ސިފައިން އެކަމަށް އެކްޝަން ޕްލޭނެއް ހަދައި ތައްޔާރީ ހާލަތަށް އައިސްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ނަތަންޔާހޫ ބުނަނީ، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސަބަބުން އިސްރާއީލުގެ ސަލާމަތަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އީރާނު އެއްކޮށް ހުއްޓުވައިގެން މެނުވީ އިސްރާއީލަށް ހިތްހަމަޖެހުމެއް ނެތްކަމަށްވެސް ބުނަމުން ގެންދެއެވެ.

އިސްރާއީލުން މިހާރުވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ނުދީފިނަމަ އިސްރާއީލު އެކަނިވިޔަސް އެކަން ކުރާނޭކަން އެމެރިކާގެ އަސްކަރިއްޔާގެ ވެރިންނަށް އަންގާފައެވެ.

އިސްރާއީލު މީޑިއާއިން ގެންދަނީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އީރާނުގެ އެކި ފެންވަރުގެ ވެރިން އަވަހާރަކޮށްލަން އިސްރާއީލުން ހަމަލާ ދޭނޭ ތަންތަން ފާހަގަކޮށް ޕްރޮމޯޓްވެސް ކުރަމުންނެވެ.

އެމެރިކާއިން އީރާނާ ވާހަކަ ދެއްކުމާއި، އީރާނަށް ހަމަލާނުދީ ލަސްކުރަމުންދާ މައްސަލާގައި ޓްރަމްޕަށް ޕްރެޝަރ ކުރުމަށްޓަކައި މުޖުރިމު ނަތަންޔާހޫ މިހާރު ތައްޔާރުވަމުން ގެންދަނީ ބުދަދުވަހު އެމެރިކާއަށް ދިއުމަށެވެ. ނަތަންޔާހޫ އާއެކު އިސްރާއީލު އަސްކަރިއްޔާގެ އިސް ވެރިންވެސް ބައިވެރިވާނެއެވެ.

އީރާނަށް އަސްކަރީ ހަމަލާ ދިނުމާ ގުޅޭގޮތުން ޓްރަމްޕާއި ނަތަންޔާހޫ ވޮޝިންޓަންގައި ގޮތެއް ނިންމާނޭ ކަމަށް ވެއެވެ. ނުވަތަ އެއީ، އީރާނަށް ހަމަލާ ދިނުމުގެ ފެށުން ކަމަށް ވެދާނޭ ކަމަށްވެސް، މަސްރަހް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަމުން އެބަ ގެންދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު