ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރާއިން ގެސްޓުހައުސް ހަދަން 17 ބިމެެއް ކުއްޔަށް ދޫކުރަން ކައުންސިލުން އިއުލާނުކޮށްފި

TTH_Ads
STO_Ads
Advertisement

ކ. ހުރާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ގެސްޓް ހައުސް ހަދަން 17 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ހުރާ ކައުންސިލުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި އަލަށް ހިއްކި ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް 17 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ބިންތައް ކުއްޔަށް ނެގުމަށް ބިޑް ކުރުމަށް ބޭނުންވާ ބިޑް ފޯމުގެ އަގަކީ 25،000ރ ކަމަށް ހުރާ ކައުންސިލުން ބުންޏެވެ. ބިޑް ގަތުމަށް އެދޭ ފޯމުތައް ބަލައިގަތުމާއި ބިޑު ފޯމުތައް ދޫކުރުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށެވެ

MMA_Ads
HajjCop_ads
Advertisement

ހުރާ ކައުންސިލުން ބުނީ ބީލަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:15 ގައި އެ ރަށު ކައުންސިލު އިދާރާގައި ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 1:00 އަށް ކައުންސިލުގެ އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހުރާ ކައުންސިލުން އިތުރަށް ބުނީ، ކުއްޔަށް ދޫކުރާ ބިންތަކާ ގުޅޭ އިތުރު މައުލޫމާތު އެ ރަށު ކައުންސިލުގެ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި 30 މިނެޓުން ދެވޭ ދުރުމިނުގައި އޮތް ހުރަޔަކީ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ. އެ ރަށުގައި މިހާރުވެސް އެތައް ގެސްޓު ހައުސެއް އޮޕަރޭޓުކުރާއިރު އާ ގެސްޓުހައުސްތައްވެސް އަންނަނީ ހަދަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ހުރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި، 15 މީހުން ހާލުގައި ޖެހިއްޖެ

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

112

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި