ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރާވަރުފަޅު ހިއްކަން ފަށައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މީސްމީޑިޔާ މަންސަަތަކުގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަަތް ފެށިގެން ކުރިއަށްދަ ވީޑިޔޯ ފޮޓޯ ހިއްސާކުރައްވައި، މިހާރު އެ މަސައްކަތް މިއަދު ހެނދުނު ފެށުނުކަން އިއުލާނުކުރައްވާފައެވެ.

ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރަނީ ރާއްޖެއަށް ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ ބޭނުންކޮށްގެންނެވެ. މިއީ 22،000 ކިއުބިކް މީޓަރުގެ ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ ޖަނަވަރީ މަސް ނިމުމުގެ ކުރިން ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިންމައި، އެ މަސައްކަތުގައި ބޭނުންކުރި ޑްރެޖަރުތައް ގިރާވަރުފަޅަށް ގެންގޮސް އެތަން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމާއެކު އެކަމަށް ބޭނުންކުރި ޑްރެޖަރުތައް ގިރާވަރުފަޅަށް ގެންގޮސްފައިވެއެވެ. އަދި މިއަދު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވަނީ ފެށިފައެވެ.

މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިއްކަންޖެހެނީ ފުން ސަރަހައްދުތަކެކެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ.

މާލޭ ސަރަހައްދުން ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ގޯތި ދޫކުރި ނަމަވެސް އެ ގޯތި ދޫކުރި ފަޅުތައް ހިއްކުމުގެ މަސައްކަަތް އޮތީ ނުކުރެވިއެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވަންވަނީ ފައްޓަވާފައެވެ.

އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ބިން ހިއްކަވައި ނިންމެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފުށިދިއްގަރުފަަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ޒަމާނީ ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Giraavaru falhu

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

Img md 202601310121241769847684.3257

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ފަށައިފި

Giraavaru falhu

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މާދަމާއަށް ތާވަލުކޮށްފި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި