ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރެކޯޑް ނުބަލަހައްޓާނަމަ މާލޭގައި ދިރިއުޅުނު ކަމުގެ ލިޔުން ދޫނުކުރަން އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

990
TTH_Ads
STO_Ads
Advertisement

މާލޭގައި އަދި ރަށުގައި ދިރިއުޅޭ މީހުންގެ ރެކޯޑު ރަސްމީކޮށް ނުބަލަހައްޓާ ކައުންސިލުތަކުން، ސަރުކާރުގެ “އާއިލީ ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލާ މީހުންނަށް، މެދުނުކެނޑި މާލޭގައި 15 އަހަރު ދިރިއުޅުނުކަން ބަޔާންކޮށް ލިޔުން ދޫނުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައި އެ އިދާރާއިން ބުނެފައިވަނީ މާލޭގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގަައި ދިރިއުޅުނުކަން އަންގައިދޭ ލިޔުން ދޫކުރުމަށް އެދި އެކި މީހުން ކައުންސިލުތަކުގައި އެދެމުންދާ ކަމަށެވެ. ސަރުކާރުން އާއްމުކޮށްފައިވާ ފުލެޓާއި ގޯތި ދޫކުރުމުގެ އުސޫލާ ހަވާލާދީ އެލްޖީއޭއިން ފާހަގަކުރީ ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުތަކުން އެމީހަކު މާލޭގައި ދިރިއުޅޭކަން ސާބިތުވާނަމަ، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ އިދާރާއަކުން ދޫކުރާ ލިޔުން ހުށަހެޅިދާނެ ކަމަށެވެ.

ނަމަވެސް އެ ލިޔުމެއްވާންވާނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހަައްޓަމުން އައިސްފައިވާ ލިޔެކިޔުމާއި މައުލޫމާތުން އެމީހަކު މަލޭގައި ދިރިއުޅޭކަން ސާބިތުވެގެން ދޫކުރާ ލިޔުމަކަށްކަން ފާހަގަކޮށް، އެލްޖީއޭއިން ބުނެފައިވަނީ، ސިޓީ ކައުންސިލަކުން ނުވަތަ ރަށު ކައުންސިލަކުން ބަލަހައްޓަމުން ނުދާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމީހަކު މާލޭގައި ވަކި މުއްދަތެއްގަައި ދިރިއުޅުނު ކަމުގެ ލިޔުން ދޫނުކުރެވޭނެކަން ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުން އެނގޭ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“ކައުންސިލެއްގައި ބަލަހައްޓާ ރަސްމީ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށް ނުދެވޭ ނަމަ، ކައުންސިލަކުން މިފަދަ ލިޔުމެއް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ދަންނަވަމެވެ،” އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ ސަރުކާރުގައި ބައެއް ކައުންސިލްތަކުން މިފަދަ ލިޔުންތައް ދޫކޮށްފައިވެއެވެ. އެގޮތުން މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުން މާލޭގައި 15 އަހަރު އުޅުނު ކަމުގެ ދޮގު ލިޔުންތައް ބައެއް  ކައުންސިލްތަކުން ދޫކޮށްފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ކުޅުދުއްފުށީގައި ހުއްޓުވި ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް އެލްޖީއޭއިން އަންގައިފި

462046 6ccdcaab a

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކުރައްވައިފި

LGA

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރަނީ

DSC

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފި