ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

އީރާނާއި އިސްރާއީލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ މަންޒަރެއް:
TTH_Ads
STO_Ads
Advertisement

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފަށައިފިނަމަ އީރާނުގެ ރައްދު ހަމަލާތައް އަމާޒުވާނެ އިސްރާއީލުގެ ބައެއް ތަންތަން ހިމެނޭ ޗާޓެއް އީރާނުން އާންމުކޮށްފިއެވެ.

މި ޗާޓް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާތައް އިސްރާއީލަށް އަމާޒު ކުރާނޭ ކަމަށް އީރާނުން ތަކުރާރުކޮށް ގެންދަނީ އިންޒާރު ކުރަމުންނެވެ.

HajjCop_ads
MMA_Ads
Advertisement

ހަމަ އެއާއެކު، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައްވެސް ސަލާމަތް ނުވާނޭ ކަމަށް އީރާނުން ގެންދަނީ ބުނެ އިންޒާރު ކުރަމުންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގައި އުރުދުން، ގަތަރު އަދި ޔޫއޭއީގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭސްތައް ބޭނުން ކުރާނެކަން މިހާރު ވަނީ ގައިމުވެފައެވެ. އެ ބޭސްތަކަށް އެމެރިކާއިން މިހާރަށްވެސް ވަނީ އިތުރު އެތައް ހަތިޔާރަކާއި، ހަމަލާދޭ މަތިންދާ ބޯޓުތަކާއި ސިފައިންވެސް ޖަމާކޮށްފައެވެ.

އަދިި ކަނޑުގެ ސަރަހައްދަށްވެސް ހަނގުރާމައިގެ މަނަވަރުތަކާއި، ސަބްމެރިންތަކާއި ހަޔިތާރާއި ސިފައިން ގެންދަނީ ޖަމާކުރަމުންނެވެ.

އީރާނުގެ ކަނޑުގެ ސިފައިން، ވައިގެ ސިފައިން އަދި އެއްގަމު ސިފައިންގެ ލަޝްކަރުތަކުން ބުނެފައިވަނީ، އީރާނަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާ ދޭނޭ ތަންތަން ކަނޑައެޅި، މިސައިލްތައް އެ ދިމަދިމާއަށް މިހާރު އަމާޒު ކޮށްފައިވާ ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޗާޓުން ފެންނަނީ، އީރާނުގެ ހައިޕަސޮނިކް ބެލިސްޓިކް މިސައިލް ހަމަލާތައް އަމާޒުކުރަން ކަނޑައަޅާފައިވާ އިސްރާއީލުގެ ބައެއް ތަންތަނެވެ.

އޭގެ ތެރޭގައި ހިމެނެނީ، އިސްތިއުމާރީ އަސްކަރިއްޔާގެ ބޭސްތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާ ޝިން ބެޓް، ބޭރުގެ ޖާސޫސީ އިދާރާ މޮސާޑްގެ މައި މަރުކަޒުތަކާއި، ހަކަތައާއި އެނޫންވެސް އިސްރާއީލުގެ ގާބިލްކަން ނެތިކޮށްލުމުގެ އެތައް ތަނެކެވެ.

މިއީ، އިސްރާއީލުން ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސަބަބަކީ، މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އިސްރާއީލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ގައުމުގައި ތިބެގެން ފޮނުވާލި މިސައިލާއި ޑްރޯންތަކުން އިސްރާއީލުގެ އަސްކަރީ ބޭސްތަކާއި، ޑިފެންސް މިނިސްޓްރީއަށާއި، ޖާސޫސީ އިދާރާތަކުގެ މަރުކަޒުތަކާއި، ޖާސޫސީ ބޭނުމަށް ބޭނުންކުރާ އައިޓީ ސިޓީ އެއްކޮށް ސުންނާފަތި ކޮށްލާފައި ވުމުންނެވެ.

އީރާނުން ފޮނުވާލި ގިނަ މިސައިލްތަކާއި ޑްރޯންތައް، އެމެރިކާއިން ދިން އައްޑަނަތަކަށް މަތައެއް ނުކުރެވުނެވެ.

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކުރަމުން ގެންދާއިރު، ކުރިން އީރާނަށް ހަމަލާދޭން އުޅެފައި މަޑުޖައްސާލީ އީރާނުގެ ހަމަލާތަކުން ރައްކާތެރިވާން ތައްޔާރު ނުވެވޭތީ ނަތަންޔާހޫ އެދިގެންނެވެ.

އިސްރާއީލުގައި ބޭނުންކުރާ ބޮމުން ރައްކާތެރިވާ ބަންކަރުތައް އާންމުންނަށް މިހާރު ހުޅުވާލާފައި ވާއިރު، އެމެރިކާއިން ވަނީ އިސްރާއީލަށް ބޮންއަޅާ އިތުރު ބޯޓުތަކާއި، މިސައިލުން ދިފާއުވާ އިތުރު އައްޑަނަވެސް ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ މިރޭ އިސްރާއީލަށް ދިއުމަށް ހަމަޖެހިފައި ވާއިރު، އީރާނަށް ހަމަލާ ދޭނަމަ ދޭނީ އިސްރާއީލާއި، އެމެރިކާގެ ސެންޓްރަލް ކޮމާންޑު ގުޅިގެންނެވެ.

ނަމަވެސް، އެޑްމިރަލް ބްރެޑް ކޫޕަރ އިސްރާއީލަށް ކުރާ ދަތުރާއި، އީރާނާ އެއްވެސް ގުޅުމެއް ނެތްކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު