ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި

778
STO_Ads
TTH_Ads
Advertisement

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ކަންކަމުން އަރައިގަތުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީއާ މެދު މަޝްވަރާކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، އެ މިނިސްޓްރީގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯއާއި އެ ގައުމުގެ ހައިކޮމިޝަންގެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީ ތަމްސީލުކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު ޢަބްދުالله އެވެ. އަދި އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސަފީރުގެ އިތުރުން ރާއްޖެއާއި އިންޑިއާ ކަނޑުގެ ޓީމްގެ ހެޑް އޭޝްލީ ރޮޖާސްއާއި، ސިޔާސީ އަދި މުވާސަލާތީ އޮފިސަރު ސައިނާ ސަޢީދެވެ.

MMA_Ads
HajjCop_ads
Advertisement

މިނިސްޓްރީން ބުނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިތުރުން، މުރަކަ ހުދުވުން ފަދަ ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އެހީއާއި މާލީ އެހީއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން، މޫސުމާ ބެހޭ ބައިނަލްއަގުވާމީ ފަންޑުތަކުން މާލީ އެހީ ހޯދުމަށް ރާއްޖޭން ކުރަމުންދާ މަސްކަތްތައް ހިއްސާކޮށް، ރާއްޖޭން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް، މިނިސްޓްރީން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު އިފްތިތާހުކޮށްފި

Io

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ޚަރަދު 110 އިންސައްތަ އިތުރުވެއްޖެ