ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

STO_Ads
TTH_Ads
Advertisement

ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފިއެވެ.

އައްޝައިޚް އިމްތިޠާއު މަޤާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީއެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން، ޖަނަވަރީ 14 2026 އާ ހަމައަށް އައްޝައިޚް އިމްތިޠާއު ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން އެވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަޤާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިޚް އިމްތިޠާއުވަނީ އަދާކުރައްވާފައެވެ. އަދި ޒަކާތު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމުވެސް އައްޝައިޚް އިމްތިޠާއު ވަނީ އަދާކުރައްވައިފައެވެ.

އައްޝައިޚް އިމްތިޠާއުއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakaathu house

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވޭ

mudalu zakaai

މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ލިބުނު

Main 20260716

ޒަކާތު ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތުން 500،000 ރުފިޔާ ގައްޒާއަށް ހަދިޔާކޮށްފި