ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ވެރިކަން ބަދަލުކޮށްލަން ދިގުލައިގެންދާ ހަމަލާތަކެއްދޭން އެމެރިކާ، އިސްރާއީލު ތައްޔާރުވަނީ

ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ، އެމެރިކާގެ މަނަވަރެއް:
TTH_Ads
STO_Ads
Advertisement

އެމެރިކާއިން އީރާނަށް ދޭން އުޅުނު އަސްކަރީ ހަމަލާތައް މަޑުޖައްސާލީ އިސްރާއީލާ ގުޅިގެން އީރާނުގެ ވެރިކަން ވައްޓާލުމަށް ހަމަލާތައް ދިނުމަށް ތައްޔާރުވާން ވަގުތު ހޯދުމުގެ ގޮތުން ކަމަށް، އިސްރާއީލުގެ ރަސްމީ ކާން ނިއުސްއިން ބުނެފިއެވެ.

އީރާނުގައި ކުރަމުންދިޔަ މުޒާހަރާތަކާ ދިމާކޮށް އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ވަރަށް ބޮޑަށް ތައްޔާރު ވުމަށްފަހު އެމެރިކާގެ ރައީސް ފަހުންވަނީ، މިވަގުތަށް ހަމަލާދޭން ބޭނުން ނުވާ ކަމަށް ބުނެ ހަމަލާނުދީ މަޑުޖައްސާލާފައެވެ.

އެކަމަކު، އެމެރިކާގެ އަމަލުތައް ފެންނަމުންދާ ގޮތުންނާއި، ހަނގުރާމައިގެ ލަޝްކަރު އީރާނަށް ހަމަލާތައް ދެވޭ ވަރަށް ގާތަށް ޖަމާކުރަމުން ގެންދިއުމާއެކު، އެމެރިކާއިން އީރާނަށް ހަމަލާ ދޭނޭ ކަމަށް ވަރަށް ބޮޑަށް ބެލެވެމުން އެބަ ދެއެވެ.

HajjCop_ads
Advertisement

އެމެރިކާގެ އަސްކަރިއްޔާގެ އެކި ފެންވަރުގެ މަސްއޫލުވެރިންވެސް ބުނަމުން ގެންދަނީ، ދާދި އަވަހަށް އެމެރިކާއިން އީރާނަށް ހަމަލާތައް ދޭން ފަށާނޭ ކަމަށެވެ.

އިސްރާއީލުގެ ކާން ނިއުސްއިން ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާ ނުދީ މަޑުޖައްސާލީ އިސްރާއީލުން އެދިގެން ކަމަށެވެ.

އެއީ، އިރާނަށް އެންމެ ހަމަލާއެއް ދިނުމުގެ ބަދަލުގައި، ދިގުދެމިގެންދާ އަދި ފުޅާގޮތެއްގައި ހަމަލާ ދިނުމަށް ތައްޔާރުވުމަށް ކަމަށާއި، އެ ހަމަލާތަކުގެ ބޭނުމަކީ އީރާނުގެ ވެރިކަން ބަދަލުކޮށްލުން ކަމަށްވެސް ކާން ނިއުސްއިން ބުނެފައި ވެއެވެ.

އީރާނުގެ ވެރިކަން ވައްޓާލުމުގެ ހަމަލާތައް ދޭން ފަށަން އެމެރިކާއާއި އިސްރާއީލުން މިހާރުދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތައް ހުރިގޮތުންވެސް، އެމެރިކާއިން އުޅެނީ އީރާނުގެ ވެރިކަން ބަދަލުކޮށްލަންކަން ވަރަށް ބޮޑަށް ޔަގީންވެފައި ވެއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ގުޅޭގޮތުން ޓްރަމްޕް މިއަދު ބުނެފައިވަނީ، ޚާމަނާއީއަކީ “ފީކަޅާ”މީހެއް ކަމަށާއި، އޭނާގެ ވެރިކަން ކަމުނުދާ ކަމަށެވެ. އީރާނަށް އައު  ވެރިކަމެއް ބޭނުންވާ ކަމަށް ބުނެ ޓްރަމްޕް އެތައް ވާހަކަތަކެއް މިއަދު ދައްކާފައި ވެއެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ބޮޑެތި މަނަވަރުތައް ހިމެނޭ ގާފިލާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މެދުއިރުމައްޗަށް ފޯރާނޭ ކަމަށް ބެލެވިފައި ވެއެވެ.

އަނެއްކޮޅުން، އެމެރިކާގެ އަސްކަރިއްޔާގައި ގެންގުޅޭ އެންމެ ބޮޑެތި ބޮންއަޅާ ބޯޓުތައްވެސް މިހާރު ވަނީ ޑިއެގޯގާސިއާއަށް ގެންގޮސްފައެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާ ދިނުމަށާއި، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އީރާނުގެ އަސްކަރިއްޔާ ވަރަށް ވަރުގަދައަށް ތައްޔާރުވެފައި ވާއިއިރު، އީރާނުން ބުނެފައިވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ އެއްވެސް ތަނެއް އަދި އިސްރާއީލުވެސް އީރާނުގެ ކިބައިން ސަލާމަތް ނުވާނޭ ކަމަށެވެ.

Avid_ads
MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް