ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

STO_Ads
TTH_Ads
Advertisement

އީރާނަށް އަސްކަރީ ހަމަލާ ދިނުމަށްޓަކައި ބޭނުންވާ ޖާސޫސީ މައުލޫމާތު އެއްކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ޖާސޫސީ މަތިންދާ ބޯޓެއް އީރާނުމަތިން އުދުހެން ފަށައިފިއެވެ.

މިކަން މީޑިއާ ވަސީލަތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމެރިކާ ނޭވީގެ ޖާސޫސީ ބޯޓެއް އީރާނު ތެރެއިން ތެހެރާނާ ދިމާއަށް ދަތުރުކޮށްފައިވާ މަންޒަރު ރާޑަރުންވެސް ދައްކާފައި ވެއެވެ.

HajjCop_ads
Advertisement

ޖާސޫސީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަނީ، ގަތަރާއި، ޔޫއޭއީ އަދި ސޫރިޔާގައި ގާއިމްކޮށްގައިވާ އެމެރިކާގެ އަސްކަރީ ވަސީލަތްތައް މެދުވެރިކޮށެވެ.

އަދި އެމެރިކާއިން ޔޫރަޕްގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭސްތަކާއި، ވަސީލަތްތައްވެސް  މިކަމުގައި ބައިވެރިވަމުންދާ ކަމަށް ކަށަވަރު ރިޕޯޓްތައް ބުނަމުން ދެއެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭން އުޅޭ ކަމަށް ވަރަށް ބޮޑަށް ބެލެވިގެން، އީރާނުގެ ސަލާމަތީ ބާރުތައްވެސް މިހާރު ތައްޔާރީ ހާލަތަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ އިސްރާއީލާއި އަދި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ހުރިހާ ބޭސްތަކެއްވެސް ސުންނާފަތި ކޮށްލާނޭ ކަމަށެވެ.

އީރާނުގެ ޑިފެންސް މިނިސްޓަރ މިއަދު ވަނީ، އީރާނަށް ހަމަލާ ދީފިނަމަ އިސްރާއީލާއި އެމެރިކާއަށް އެހީތެރިވާ އަވަށްޓެރި އެއްވެސް ގައުމެއް ސަލާމަތެއް ނުވާނެ ކަމަށް އިންޒާރު ދެއްވާފައެވެ. އޭނާ އިންޒާރު ދެއްވީ، އެމެރިކާގެ އަސްކަރީ ބޭސްތައް ހަދާފައިވާ އަވަށްޓެރި ގައުމު ތަކަށެވެ.

އީރާނުގެ އިންޒާރުތަކާހެދި އަސްކަރީ ހަމަލާ ނުދީ ޑިޕްލޮމަސީގެ ބޭނުން ކުރަން، ސަރުކާރުގެ ތެރެއިން ޓްރަމްޕަށް މަޝްވަރާ ދީފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް، ވައިޓް ހައުސްއިން ބުނެފައިވަނީ އީރާނަށް ހަމަލާ ދިނުމަށް ރައީސް ޓްރަމްޕް ފަސްނުޖެހޭނޭ ކަމަށެވެ.

ޓްރަމްޕްގެ މަންދޫބް ސްޓީވް ވިޓްކޮފަށް އީރާނުން ގުޅައި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނެފައިވާއިރު، އެކަމަށް ޝައުގުވެރިވާކަންވެސް ޓްރަމްޕް ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އީރާނާ ވާހަކަ ދައްކަންވެސް އަދި އީރާނަށް އަސްކަރީ ހަމަލާދޭންވެސް ޓްރަމްޕް ހުރީ ތައްޔާރަށް ކަމަށް އެމެރިކާގެ މަސްއޫލުވެރިން ގެންދަނީ ބުނަމުންނެވެ.

އެމެރިކާގެ ރައީސް އިންޒާރުކުރީ، އީރާނުގައި މުޒާހަރާ ކުރާ މީހުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރާނަމަ އީރާނަށް އަސްކަރީ ހަމަލާދޭނޭ ކަމަށެވެ.

އީރާނުން މިހާރު މުޒާހަރާ ކޮންޓްރޯލް ކުރަމުންދާތީ، މިދަނޑިވަޅުގައި އީރާނަށް ހަމަލާ ނުދީފިނަމަ މުޒާހަރާއާ ގުޅުވައި ފަހުން އެކަން ނުކުރެވޭނެތީ މިދަނޑިވަޅުގައި އެމެރިކާއިން އީރާނަށް ހަމަލާ ދީފާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މަސްރަހް ދިރާސާކުރާ މީހުންވެސް ގެންދަނީ ބުނަމުންނެވެ.

އީރާނުން ރައްދު ހަމަލާތައް އަންނާނެތީ، އިސްރާއީލުގައިވެސް މިހާރު ބިންގަރާސްތައް ހުޅުވުމާ ގުޅިގެން ޔަހޫދީންވެސް ޕެނިކްވެގެން އުޅޭ ކަމަށް ޚަބަރުތައް ބުނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް