ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ޑާރމައެސްތެޓިކް ޚިދުމަތްތަކުގެ ދަށުން ޕީއާރުޕީ ތެރަޕީ ތައާރަފުކޮށްފި

Image 20
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާރމައެސްތެޓިކް ޚިދުމަތްތަކުގެ ތެރެއިން، އައު ފަރުވާއެއްގެ ގޮތުގައި ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީ ތައާރަފުކޮށްފިއެވެ.

މިއީ ޚިދުމަތް ލިބޭ ފަރާތުގެ އަމިއްލަ ލޭ ބޭނުންކޮށްގެން ދެވޭ ޒަމާނީ ފަރުވާއެކެވެ.

މި ފަރުވާ އަކީ އަމިއްލަ ލޭގެ ބާވަތްތައް ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ. މި ފަރުވާގައި ޚިދުމަތް ލިބޭ ފަރާތުގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށްފަ، ކޮންސެންޓްރޭޓް ކުރުމަށްފަހު އަދަދު އިތުރުވެއެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ މީހާ އާލާވުމަށް އެހީތެރިވެދޭ މާއްދާތަކުން މުއްސަނދިވެފައިވާ ބައެކެވެ. މި މާއްދާތަކުގެްދާ ތަަކެމަސް ޕްލޭޓްލެޓްތަކުގެ ސަބަބުން ސެލްތައް މަރާމާތުވެ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން އުފެދުމަށް މަގުފަހިވެގެންދެއެވެ.

MMA_Ads
HajjCop_ads
Advertisement

މި ޒަމާނީ ޚިދުމަތުގެ ތެރޭގައި ހިމެނެނީ:
އިސްތަށި ފެޅުމަށް ދެވޭ ޕީއާރުޕީ – މިއީ އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ،
އިސްތަށިގަނޑު ބޯކޮށްދޭ ފަރުވާއެކެވެ.

ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދެވޭ ޕީއާރުޕީ – މިއީ ހަށިގަނޑުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު ހަންގަނޑެއް ހޯދައިދިނުމަށް ދެވޭ ފަރުވާއެކެވެ.

ޑާމައެސްތެޓިކް ޚިދުމަތްތަކަށް ޕީއާރުޕީ ތައާރަފުކުރުމުގެ ކުރިންވެސް، އެ ހޮސްޕިޓަލްއިން ދަނީ ހުޅުހުޅުގެ ބަލިތަކަށް ޕީ.އާރު.ޕީ އިންޖެކްޝަންގެ ފަރުވާ ދެމުންނެވެ. މިއީ ހުޅުހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ، ދުޅަވުން ކުޑަކޮށްދީ، ހުޅުހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެއެވެ. މި ޚިދުމަތް ތައާރަފުކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން، އައު އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Web Ad

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިލޭ ކޮންސަލްޓޭޝަން ދިނުމުގެ ކެމްޕޭނެއް ފަށައިފި

WhatsApp Image 2026 05 25 at 18.28.03

ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވުމުގެ ތާރީޚީ ކާމިޔާބީ ފާހަގަކޮށްފި

Oo

ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕުގައި ފަރުވާދެނީ

tree top

ޓްރީޓޮޕަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޑިސްކައުންޓްތަކެއް ދެނީ