ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީއިން ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބާވަނީ

taxi
STO_Ads
TTH_Ads

ސަރުކާރުން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގައެވެ.

އެމްޓީސީސީން ބުނި ގޮތުގައި އިންޓަވިއުތައް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ. މި ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ. ޑްރައިވަރުން ނެގުމުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން މި ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި %100 އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ޓެކްސީ ލައިންގެ ހިދުމަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ފެށޭނެ ކަމަށެވެ. އަދި މި އުޅަނދުތައް ގެންނާނީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Maldivian_Ads

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައެވެ. ދެވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.

މަޝްރޫއުގެ ތިންވަނަ ފިޔަވަހި 2029 ގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވާއިރު، އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ، ގިރާވަރުފަޅު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ. ސަރުކާރުގެ އަމާޒަކީ ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އިތުބާރު ހުރި ލުއިފަސޭހަ ހިދުމަތެއް ގާއިމުކުރުމެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު އަންނަ ހަފުތާގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ

WhatsApp Image 2026 04 19 at 16.04.16

ދަނގެތި އާ ޖެޓީގެ މަސައްކަތް ބާރަށް ކުރިއަށް!

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް 45 ޕަސެންޓު މަސައްކަތް ނިންމައިފި

WhatsApp Image 2026 04 17 at 17.43.15 (1)

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް