ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް އަސްކަރީ ހަމަލާދިނުމާ ގުޅޭ މަޝްވަރާތައް އަންގާރަ ދުވަހު ބާއްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:
TTH_Ads
STO_Ads

އީރާނަށް އަސްކަރީ ހަމަލާ ދިނުމާ ގުޅޭގޮތުން އެމެރިކާގެ ވެރިން މަޝްވަރާއަށް ތައްޔާރުވާން ފަށައިފިއެވެ.

ޚަބަރު ލިބޭގޮތުގައި އީރާނުގެ ހާލަތާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އެންމެފަހުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންގާރަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

މި ބައްދަލުވުމުގައި، އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއާއި، ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތުވެސް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

HajjCop_ads

މީޑިއާ ރިޕޯތްތައް ބުނާގޮތުގައި، އިރާނާ ދެކޮޅަށް އަޅަން މަޝްވަރާކުރާނެ ފިޔަވަޅުތަކުގެ ތެރޭގައި، އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމާއި، ސައިބަ ދަތިކުރުމާއި، މުޒާހަރާކުރާ މީހުންނަށް އޮންލައިންކޮށް ހިތްވަރު ދިނުމުގެ އިތުރުން، އީރާނަށް އަސްކަރީ ހަމަލާ ދިނުމުގެ މައްސަލަ ވެސް ހިމެނެއެވެ.

އީރާނުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ގަޔަށް އީރާނުގެ ސަލާމަތީ ބާރުތަކުން ހަމަލާދީ އާންމުން މަރާނަމަ އީރާނަށް އަސްކަރީ ވަރުގަދަ އެތިފަހަރެއް ދޭނޭކަމަށް ބުނެ، އެމެރިކާގެ ރައީސް ޓްރަމްޕް މީގެކުރިންވަނީ އެތައް އިންޒާރުތަކެއް ދީފައެވެ.

އިރާނުން ބުނަމުން ގެންދަނީ، އީރާނުގައި މީހުން މަރައި، ތަންތަނުގައި ހުޅުޖަހަމުން ގެންދަނީ އިސްރާއީލާއި އެމެރިކާއިން ހިތްވަރުދީ، ހަތިޔާރު ދީގެން ހަރަކާތްތެރިވާ ޓެރަރިސްޓުންތަކެއް ކަމަށެވެ.

ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށާއި، ހަމަނުޖެހުން ހިންގަނީ ބޭރުން އެތެރެވެގެން އުޅޭ ބައެއް ކަމަށް ބުނެއެވެ.

އަނެއްކޮޅުން، އީރާނަށް އެމެރިކާއިން އަސްކަރީ ހަމަލާ ދިނުމަށް އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ގެންދަނީ ޓްރަމްޕަށް ޕްރެޝަރ ކުރަމުންނެވެ.

އީރާނުގެ ބޮލުގައި އެކިއެކި ތުހުމަތުތައް އަޅުވައި، އެމެރިކާ ލައްވައި އީރާނަށް ހަމަލާ ދިނުމަށް ނަތަންޔާހޫ ހިތްވަރު ދެމުން ގެންދާއިރު، އީރާނުގެ ތެރޭގައި ހަމަނުޖެހުން ހިންގާ މީހުންނަށްވެސް ނަތަންޔާޙޫ ގެންދަނީ ތަކުރާރުކޮށް ހިތްވަރުދީ ބަޔާންތައް ނެރެމުންނެވެ.

އީރާނު ޕާލަމެންޓްގެ ރައީސް ވަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ އިސްރާއީލާއި، އަދި މުޅި ސަރަހައްދުގައި ހުރި އިސްރާއީލާއި އެމެރިކާގެ އެއްވެސް މަސްލަހަތެއް ސަލާމަތް ނުވާނެ ކަމަށެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމަށް އީރާނުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އީރާނުގެ ރައްދު  ހަމަލާތައް އަމާޒުކުރާނެ ތަންތަންވެސް މިހާރު ކަނޑައެޅި ނިމިފައިވާ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ