ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ ބިން ހިއްކުން ތާވަލާ އެއްގޮތަށް ނިމޭނެ: ޝަރީފު

MD Shareef
TTH_Ads
STO_Ads
Advertisement

ހއ.ދިއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގެނެސްފައިވާ ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށާއި، އެ ޑްރެޖަރު ގެނައީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް އެ މަސައްކަތް ނިންމުން ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ދިއްދޫ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ބިން ހިއްކަން ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވަން ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ ފުރުސަތު އެމްއޭސީއެލްއަށް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން 115 ވަރަކަށް ހެކްޓަރުގެ ބިން ދިއްދޫއަށް އިތުރުކުރެވިގެންދާނެއެވެ. އަދި އެ މަސައްކަތްކުރުމަށް ގެނައި ޑްރެޖަރަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރުކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ މައުލޫމާތުގެ އެ ކުށް އިސްލާހުކުރައްވަމުން ޝަރީފު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުގެ ގޮތުގައި ގިންތިކޮށްފައި އޮންނަނީ ދެ ޑްރެޖަރުކަމަށާއި، ދިއްދޫ ބިން ހިއްކަަން ގެނެސްފައިވަނީ އެ ދެ ޑްރެޖަރުން އެއް ޑްރެޖަރު ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އޭނާ އިތުރަށް ފާހަގަކުރެއްވީ އެމްއޭސީއެލްއިން ބިން ހިއްކުމަށް އެހެނިހެން ބައިވަރު ޑްރެޖަރުތައް ބޭނުންކުރި ނަމަވެސް ދިއްދޫ ބިން ހިއްކުމަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ގެނައުމަށް އެ ކުންފުނިން ނިންމީ، ދިއްދޫ އެއާޕޯޓުގެ މަޝްރޫއު ވަރަށް ބޮޑު އިސްކަމެއްދީގެން ވީހާާވެސް އަވަހަކަށް ކުރިއަށްގެންދިއުމަށް ރައީސް ޑރ.މުޢިއްޒު އިރުޝާދުދެއްވާފައި އޮތުމުންކަމަށް ޝަރީފު ވިދާޅުވިއެވެ.

“ދިއްދޫއަށް މިހާ ބޮޑަށް އަހައްމިއްޔަތުކަން ދެއްވައިގެން މި މަސައްކަތް އަޅުގަނޑުމެންނާ ހަވާލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ ވީހާ އަވަހަށް މި މަސައްކަތް ނިންމާލާށޭ. އަޅުގަނޑުމެންގެ އަތުގައި އެހެން ޑްރެޖަރު އެބަހުރި، އެހެންނަމަވެސް މިކަން އަވަސްކޮށް ނިންމައިލުމަށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެންނަވަން ރައީސް ނިންމެވީ،” ޝަރީފު ވިދާޅުވިއެވެ.

އެމްއޭސީއެލްއަކީ ގިނަ އަދަދެއްގެ އެއާޕޯޓުތައް ހިންގަމުންދާ ކުންފުންޏަކަށްވުމުގެ އިތުރަށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއެއް އެ ކުންފުނިން މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވަމުން ޝަރީފު ދެއްވި ޔަގީންކަމަަކީ އެ ކުންފުނިން ހިންގާ މަސައްކަަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް ނިންމަން ކަނޑައަޅާ މުއްދަތުގައި ނިންމައިލެވޭނެ ކަމުގެ ޔަގީންކަމެވެ.

ޝަަރީފު ވިދާޅުވީ ދިއްދޫ އެއާޕޯޓުގެ މަޝްރޫއު ކުރިއަަށްގެންދެވުމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު ވަރަށް ގިނަ މަސައްކަތްތައް ކުރެއްވިކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފާހަގަކުރައްވަމުން އޭނާއަށް އެމްޑީ ޝުކުރު އަދާކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 07 at 16.08.57

ވީއައިއޭގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ ކާމް ރޫމެއް ހުޅުވައިފި

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި

ޙައްޖުވެރިން އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

maldivian hajj

ޙައްޖާޖީންނަށް ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފި