ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަނުޖެހުން ހިންގުމުގެ އަޑީގައި އޮތީ އެމެރިކާއާއި އިސްރާއީލު: އީރާނުގެ ވެރިން

އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް
STO_Ads
TTH_Ads
Advertisement

އީރާނުގައި ހަމަނުޖެހުން ހިންގުމުގެ އަޑީގައި އޮތީ އެމެރިކާއާއި އިސްރާއީލު ކަމަށް، އީރާނުގެ މަސްއޫލުވެރިން ވިދާޅުވަމުން އެބަ ގެންދަވައެވެ.

އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފާއި، އީރާނުގެ ނުފޫޒުގަދަ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލީ ލަރީޖާނީވެސް ވިދާޅުވީ، ހަމަނުޖެހުން ހިންގުމުގެ އަޑީގައި އޮތީ އެމެރިކާއާއި އިސްރާއީލު ކަމަށެވެ.

އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ މުޅި ސަރަހައްދަށް އެކަމުގެ ލޮޅުން އަރާނޭ ކަމަށާއި، އެމެރިކާގެ މަސްލަހަތުތަކަށްވެސް އޭގެ ނުރައްކާ ފޯރާނޭ ކަމަށް އަލީ ލަރިޖާނީ ވަނީ އިންޒާރު ކުރައްވާފައެވެ.

HajjCop_ads
Advertisement

އީރާނު ތަހައްމަލް ކުރަމުންދާ އިގްތިސާދީ ދަތިތަކާއި، އިންފްލޭޝަން މަތިވުމާއި، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން އީރާނުގެ ބައެއް ސިޓީތަކުގައި ސުލްހަވެރި މުޒާހަރާތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މުޒާހަރާ ފުރަތަމަ ފެށީ، ތެހެރާނުގެ ގްރޭންޑް ބާޒާރުގައި ވިޔަފާރިކުރާ މީހުންނެވެ.

ނަމަވެސް، މުޒާހަރާ ތެރެއަށް ހަރުކަށި ބަޔަކު ވަދެ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެންދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ތަންތަނުގައި ހުޅުޖަހައި، މުދަލަށްވެސް ގެއްލުން ދެމުންނެވެ.

ނުވިތާކަށް، މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ފުލުހުންނާ ދެކޮޅަށް ރައިފަލާއި، އަލިފާން ބޮންވެސް މިހާރު ބޭނުން ކުރަމުންދާކަން އާންމު ވަމުންދާ ވީޑިއޯތަކުން ދަނީ ހާމަވަމުންނެވެ.

ސަލާމަތީ ބާރުތަކާ ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރާއި، އުކުޅުތައް ކިޔައިދީ ހަމަނުޖެހުން ފުޅާކުރަން އީރާނުގެ އިދިކޮޅު ފަރާތްތަކާ ގުޅުންހުރި ޗެނަލްތަކުން ގެންދަނީ އާންމުންނަށް ހިތްވަރު ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން، އިގްތިސާދީ ދަތިކުރުންތަކާ ދެކޮޅު ހަދައި ފެށި މުޒާހަރާ އީރާނުގެ އެތައް ސިޓީއަކަށް މިހާރު ފެތުރިފައި ވެއެވެ.

އަދި އެތައް ބަޔަކު ގެންދަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

ދަނޑިވަޅުގެ ބޭނުންހިފައި، އީރާނާ ދެކޮޅު މީޑިއާތަކާއި، ޒަޔަނިސްޓުން ގެންދަނީ އެތައް ދޮގު ޚަބަރުތައްވެސް ފަތުރަމުންނެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އީރާގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަމުން ގެންދާއިރު، މުޒާހަރާ ރޫޅާލަން ކަރުނަގޭސް ޖަހައި، ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މިހާތަނަށް ހައްޔަރު ކޮށްފައި ވެއެވެ.

ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ފެތުރިފައި ވީނަމަވެސް، މަރުވެފައިވަނީ ކިތައް މީހުންކަމެއް އަދި ސާފެއް ނުވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ