ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމުގެ ގޮތުން ކުޅުނު މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ ބަލިކޮށް، ބ. އޭދަފުށިން ޝީލްޑް އުފުލާލައިފިއެވެ.

މިރޭ ހުޅުމާލޭގެ ރެހެންދި ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތް އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށިން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. ސީދާ ޕެނަލްޓީއަށް ނުކުތް އޭދަފުށީގެ ކީޕަރު މުހައްމަދު ޝާން ވަނީ ކާށިދޫގެ ތިން ޕެނަލްޓީއެއް މަތަކޮށްފައެވެ.

މެޗުގައި ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ދެޓީމުގެވެސް ކީޕަރުންގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭދަފުށީގެ ގޯލް ބަލަހައްޓަމުން ދިޔަ މުހައްމަދު ނާސިހުވެސް ރަނގަޅު ސޭވްތަކެއް މެޗުގައި ކޮށްފައިވާ އިރު، އަނެއްކޮޅުން ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލްވެސް ވަނީ މޮޅަށް ކުޅެފައެވެ. ސަލީލަކީ މިދިޔަ އަހަރު ކާށިދޫން ޗެމްޕިއަންކަން ނެގި އިރު، އެ މުބާރާތުގެ ކިންގެވެ.

HajjCop_ads
Advertisement

ކާށިދޫގެ އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު (އިއްލެ) އަދި އަހުމަދު މަޖީދު ޕެނަލްޓީގައި ފޮނުވާލި ބޯޅަތައް އޭދަފުށީގެ ކީޕަރު ޝާން މަތަކުރި އިރު، ކާށިދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޖުލާން އަބްދުލް ހަންނާނެވެ.

އޭދަފުށިން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ފާތިން އަތުންނެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ، އިބްރާހިމް ޝަރީފް، އަލީ ނަސީމް (ދިއްލި) އަދި އުނައިޝް ޒުބެއިރު (އުނޭ) އެވެ.

ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށިގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ވީޑިއޯ ސަޕޯޓް ބޭނުން ކުރަމުން ދެއެވެ. މިރޭގެ މެޗުގައިވެސް ރެފްރީ ވަނީ ވީޑިއޯ ސަޕޯޓް ބޭނުންކޮށްގެން ނިންމުމެއް ނިންމައިފައެވެ.

ޗެރިޓީ ޝީލްޑް މެޗުން ލިބުނު ފައިސާ މިފަހަރުވެސް ދީފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. އޭދަފުއްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން ލ. ގަމުން ދެފަހަރު ޝީލްޑް ކާމިޔާބު ކޮށްފައިވާ އިރު، ގާފަރުންވެސް ވަނީ ޝީލްޑް ހޯދައިފައެވެ.

މިދިޔަ އަހަރުގެ ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށި ބަލިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ހަވީރު ފަށާނެއެވެ. އަދި މާދަމާ ރޭވެސް މެޗުތައް އޮންނާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

MIB has officially launched ATM in B. Atoll Kendhoo

އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް އިފްތިތާހުކޮށްފި

އޭދަފުށީގައި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު އިފްތިތާޙުކޮށްފި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި