ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެެއްޖެ

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —
STO_Ads

މިދިޔަ 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ (ޓްރެވަލް ރިސީޓްސް) މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެެއްޖެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފިއެވެ.

ވިޒިޓް މޯލްޑިވްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މިދިޔަ ނޮވެމްބަރު މަހު އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރު ޓްރެވެލް ރިސީޓްސްގެ ގޮތުގައި ރާއްޖެއަށް 5.4 ބިލިއަން އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށެވެ.

އެއީ 2024 އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 15.8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ މިދިޔަ އަހަރު ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގްތިސޯދީ ލޮޅުންތަކާ އެކު ވެސް, ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

Maldivian_Ads

ވިޒިޓް މޯލްޑިވްސް އިން ބުނީ މިފެށުނު އަހަރަށް ކަނޑައަޅާފައިވާ އެއާޕޯޓު ޓެކްސް އަދި ފަތުރުވެރިންގެ އަތުންނަގާ މުދަލާ ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)އަށް ބަދަލުތަކެއް ގެނައުމަށް އިއުލާނުކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނު ކަމަށެވެ. މި ފިޔަވަޅުތަކާ ދެކޮޅަށް ވެސް ގިނަ ހިޔާލުތަކެއް ފާޅުކުރެވި, ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓޭނެ ކަމާމެދު ސުވާލު އުފައްދާފައި ވީނަމަވެސް 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހާސިލްކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 10 އިންސައްތަ އިތުރުވެ, ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި, ބެޑް ކެޕޭސިޓީ އިތުރުވުމާއި, ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް ކަމަށެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ލޯ-ސީޒަން ދުވަސްވަރު ވެސް ރެކޯޑު މިންވަރަކަށް ފަތުރުވެރިކަން ރަނގަޅު ކަމަށާއި, މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ގޮސްފައިވާ ކަމަށާއި, ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރެވުނު އެކި މަސައްކަތްތަކާއި, ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވިފައިވާ ކާމިޔާބު ހަރަކާތްތައް ވެސް މިކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކުރާ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަންދުކޮށްފައި އޮތް ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު 22 އިންސައްތައަށް އިތުރުވެ, ރަޝިޔާއިން ފަތުރުވެރިކަމުގެ މާކެޓުގެ 20 އިންސައްތަ ހިއްސާ ހޯދާފައިވާކަންވެސް ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރުއޫތަކާއި, މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސީތައް އަދި ބައިނަލްއަގުވާމީ ފެންވަރިގެ ރިސޯޓުތައް ހުޅުވިގެންދިއުމާ އެކު, ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 09 at 09.39.34

ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި

WhatsApp Image 2026 04 09 at 16.56.37

އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ 2026 ކުރިއަށް ގެންދަނީ

MMA

ފަވަރައިގެ ޚިދުމަތަށް ޚާއްސަ ހޮޓްލައިނެއް، ނަންބަރަކީ 1544

MMA

ސުކޫކު ދެއްކުމުގައި ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުގެ ދައުރު ބޮޑު: މަރުކަޒީ ބޭންކު