ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފި

މީލާދީ އާ އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ހޫނު މަރުޙަބާއެއް ކިޔަފި އެވެ.

އެމްއޭސީއެލްއިން ވަނީ، އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން  ހޫނު މަރުހަބާއެއް ކިޔާ ހަދިޔާ ދީފެ އެވެ.

ދިވެހިރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި އެންމެ ފުރަތަމަ ފަތުރުވެރިއަކީ، ޖަރުމަންވިލާތުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރިއާސް ހެލްވެގާރ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ، އިއްތިހާދު އެއަރވޭސްގެ ފްލައިޓަކުންކަމަށާއި، މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް  ޕީކް ސީޒަނެވެ. މިދުވަސްވަރު އާ އަހަރުގެ ފާހަގަކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޕީކް ސީޒަންއަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލް އިން މިހާރު ވަނީ ހުރިހާ އެއާލައިންއެއް އާ ޓާމިނަލްއަށް ބަދަލުކުކޮށް ހިދުމަތް ދޭން ފަށާފަ  އެވެ. އެމްއޭސީއެލްގެ އަމާޒަކީ، ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެމްއޭސިއެލް އިން ވަނީ ބުނެފަ އެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ–ފޮޓޯ:އެމްއޭސީއެލް

މިދިޔަ 2025ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2,240،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

B fulhadhoo

ފުޅަދޫގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިން ހެދުން އަޅައިގެން އުޅޭނަމަ ގެސްޓްހައުސްތައް ޖޫރިމަނާކުރަނީ

emirates

ހަމަލާތަކާ ގުޅިގެން މެދުކަނޑާލި އެމިރޭޓްސްއާއި ފްލައި ދުބާއީގެ ދަތުރުތައް އަލުން ފަށައިފި