ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާތަކާ ގުޅިގެން މެދުކަނޑާލި އެމިރޭޓްސްއާއި ފްލައި ދުބާއީގެ ދަތުރުތައް އަލުން ފަށައިފި

emirates
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިޒްރޭލާއި، އެމެރިކާ އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުކަނޑާލި އެމިރޭޓްސްއާއި ފްލައި ދުބާއީގެ ދަތުރުތައް އަލުން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން، އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އީރާނުން ވަނީ އޭގެ ރައްދުގައި އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށާފައެވެ. އޭގެ ތެރޭގައި ޔޫއޭއީ، ގަތަރު، ކުވޭތު، ބަހުރެއިން އަދި ސައުދީ އަރަބިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.

އެ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެމިރޭޓްސް އަދި ފުލައި ދުބާއީގެ ދަތުރުތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

HajjCop_ads
Advertisement

އެމިރޭޓްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބައެއް ދަތުރުތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. ދަތުރުތައް ތަރުތީބު ކުރުމުގައި އެންމެ ކުރިން ބުކިން ހަދާފައިވާ ކަސްޓަމަރުންނަށް އިސްކަންދޭނެ ކަމަށާއި، ދަތުރު ހަމަޖެހުމުން އެކަން ކަސްޓަމަރުންނަށް އަންގާނެކަމަށް އެމިރޭޓްސްއިން ބުންޏެވެ. އަދި ދަތުރު ހަމަޖެހުނުކަން އެންގުމުގެ ކުރިން އެއާޕޯޓަށް ނުދިއުމަށް އެމިރޭޓްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އެއާލައިނުން އިތުރަށް ބުނީ، މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ފްލައިޓް ތާވަލަށް ބަދަލުތައް ގެންނާނެ ކަމަށެވެ.

ފްލައި ދުބާއީން ވެސް ވަނީ މިއަދު ބައެއް ދަތުރުތައް ފަށާފައިވާކަން އެ އެއާލައިންގެ ވެބްސައިޓުގައި ހާމަކޮށްފައެވެ. އެގޮތުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އަދި ފުރާ ބައެއް ފްލައިޓުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ރަޝިއާއާއި ޕާކިސްތާނަށް ކުރާ ދަތުރުތައް ހިމެނެއެވެ.

ފްލައި ދުބާއީން ބުނީ އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކުރޫގެ ރައްކާތެރިކަމަށް ކަމަށާއި، އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

އޭޓީއެމް ފެއާ މާދަމާ ފަށަނީ

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި