ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައްތާހުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކުރީގެ ޑައިރެކްޓަރ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ފައްތާހު ނިޔާވީ ކުއްލިގޮތަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ކުޅުދުއްފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބެއެވެ.

HajjCop_ads
Advertisement

ފައްތާހުގެ ޖަނާޒާ ރޭ ފަތިހު، ދިއްދޫ އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.

މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ފައްތާހު ދިއްދޫގައި އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރިކަމަށެވެ. އަދި ބަލިވެ ޞިއްޙީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފައްތާހަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެކެވެ. އޭނާ އަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އެތައް އުފެއްދުންތަކެއްގައިވެސް ޝާމިލުވާ ފަންނާނެކެވެ.

ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ. އޭނާއަށް ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ވެސް ހޯދާފައެވެ.

މީގެ އިތުރުން 2010 ވަނަ އަހަރު މޯލްޑިވަސް ވީޑިއޯ މިއުޒިކް އެވޯޑްސްގައި ބެސްޓް ވީޑިއޯ ސޯންގްސް އެވޯޑުވެސް ފައްތާހުއަށް ލިބިފައިވެއެވެ. 2012 ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ޑިރެކްޓަރ، ބެސްޓްއެޑިޓިން، ބެސްޓް ކްރިއޯގްރަފީ، 2015ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑްސްގައި ބެސްޓް ޑައިރެކްޓަރ، ބެސްޓް އެޑިޓިން، ބެސްޓް އާޓް ޑިރެކްޝަން، ބެސްޓް ކްރިއޯ ގްރަފީ ހޭދާފައިވެއެވެ.

ފައްތާހުގެ ކެރިއަރުގެ އެންމެ ފަހު ފިލްމު އެވޯޑްސް ކަމަށްވާ، 9 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި 2019 ވަނަ އަހަރު ވަނީ އޭނާ އެންމެ ފަހުން ހެދި ފިލްމު “ހައްދު” އިން ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް އާޓް ޑައިރެކްޓަރ ލިބިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Eydafushi

އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނިއްޖެ

Original

ހިމަބިއްސަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މަރުވެއްޖެ

Screenshot 2026 07 09

ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

kulli khabaru

ނިޔާވެފައި އޮތް މީހަކު މަނަދޫ ގެއެއްގެ ތެރެއިން ފެނިއްޖެ