ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ވަރުގަދަރައްދު އެމެރިކާއަށް: ދެން ހަމަލާ ދީފިނަމަ އެމެރިކާއަކަށް އީރާނު ނުހުއްޓުވޭނެ

އީރާނުގެ ރޫހީލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ:
STO_Ads
TTH_Ads
Advertisement

ސިޑްނީއަށް ދެވުނު ބަޑީގެ ހަމަލާތަކުގެ ފަހަތުގައި އޮތީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑްކަމަށް އީރާނުން ތުހުމަތު ކޮށްފިއެވެ.

އީރާނުން ބުނެފައިވަނީ، މޮސާޑުން ރާވައިގެން ސިޑްނީއަށް ހަމަލާ ދިނީ އެކަން އީރާނުގެ ބޮލުގައި އެޅުވުމަށް ކަމަށެވެ.

ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އިސްރާއީލު އެކަކު ހިމެނެއެވެ. ހަމަލާ ދެވުނީ ޔަހޫދީންގެ ޚާއްސަ ދުވަހެއް ފާހަގަކުރަން ސިޑްނީ ބީޗްގައި ޔަހޫދީންތަކެއް ޖަމާވެފައ ތިބި ވަގުތަކާ ދިމާކޮށެވެ.

HajjCop_ads
MMA_Ads
Advertisement

އޮސްޓްރޭލިއާގެ ސިޑްނީ ބީޗްގައި ހިންގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން އެކަން ތަހްގީގު ކުރުމުގެ ތެރެއަށް އިސްރާއީލުގެ މޮސާޑް ވަދެފައި ވެއެވެ.

ހަމަލާއާ ގުޅިގެން އިސްރާއީލުން ވަގުތުން ބުނެފައިވަނީ، އެ ހާދިސާ ވަރަށް ރަނގަޅަށް ތަހްގީގު ކުރާނޭ ކަމަށާއި، އެ ހަމަލާއާ އީރާނާ ގުޅުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ސިޑްނީ ހަމަލާއާއާއި އީރާނާ ގުޅުވައި އިސްރާއީލުން ވަގުތުން ވާހަކަތައް ދައްކަން ފެށުމާއި، އަދި އީރާނުން ހިންގި ޖަރީމާތަކުގެ ބަދަލު ހިފާނޭ ކަމަށް ބުނެ އެހާ އަވަހަށް އިންޒާރުތައް ދޭން ފެށުމުންވެސް، ސިޑްނީ ހަމަލާގެ ފަހަތުގައި އޮތީ ކޮން ބައެއް ކަމުގެ ވާހަކަތައް ފެތުރެން ފެށިއެވެ.

ސިޑްނީ ބީޗްގައި ބަޑިޖެހުމުގެ ހާދިސާ ހިންގާފައިވަނީ އިންޑިއާ ދަރިކޮޅުގެ އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެބަފައިންނެވެ.

ފުލުހުން ބަޑިޖަހައި ބައްޕަ މަރާލާފައި ވާއިރު، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި ދަރިފުޅު އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

އެމީހުން ބީޗްގައި ބަޑިޖެހުމުގެ ޖަރީމާތައް ހިންގީ ކީއްވެގެން ކަމެއް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

އެ ހަމަލާގެ ފަހުން ދުނިޔޭގެ ހަމްދަރްދީ ހޯދަން އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ މަސައްކަތް ފެށިގޮތުންވެސް، މިއީ އިސްރާއީލަށް ކުރިން އެނގިގެން ކުރި ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ.

ނަތަންޔާހޫ ކުއްލި ކުއްލިއަށް ޕްރެސް ކޮންފަރެންސްތައް ބާއްވައި ދެއްކި އެއްވެސް ވާހަކައެއް ދިމައެއް ނުވިއެވެ.

ޔަހޫދީންގެ ޚާއްސަ ދުވަހަކާ ގުޅުވައި ސިޑްނީއަށް ހަމަލާދީ އަދި އެކަމުގެ އިލްޒާމު ވަރަށް އަވަހަށް އީރާނުގެ ބޮލުގައި އަޅުވާފައިވާއިރު، އިނގިރޭސިވިލާތުގެ ލަންޑަނާއި، ޑިޒްނީއަށް ޓެރަރިސްޓު ހަމަލާތަކެއް ދޭން އުޅޭކަމުގެ ވާހަކަތަކެއްވެސް ފެތުރެމުން އެބަ ދެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީއަށް ހަމަލާ ދިނުމުގެކުރިން ސޯޝަލް މީޑިއާގައި “ނަވީދް އަކްރަމް” ކިޔާ މީހެއްގެ ނަން ޓްރެންޑް ވެގެންދިޔަ ގޮތަށް، ލަންޑަނާއި، ޑިޒްނީގެ ނަންވެސް ކުއްލިއަކަށް ޓްރެންޑްވާން ފަށާފައި ވެއެވެ.

މިއީ އިއްތިފާގަކަށް ނުވެދާނެ ކަމަށް އެތައް ބަޔަކު ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.

އެކަމަކު، އީރާނުގެ އިންޒާރުވެސް ވަރަށް ނުރައްކަލެވެ. އީރާނުން މިއަދު އެމެރިކާއަށާއި އިސްރާއީލަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފައި ވެއެވެ.

އީރާން ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމުގެ ގޯސް އެމެރިކާއިން ނުހެދުމަށް ގޮވާލާފައި ވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާތައް ނުހުއްޓުވޭނޭކަން އެމެރިކާއިންވެސް ނިކަން ރަނގަޅަށް ދަންނަން ޖެހޭނޭ ކަމަށް އީރާނުގެ އިންޒާރުގައި ބުނެފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހާއުފާ
ފަހަތުފަޔަށް ބުރަވެ ދެއްކޭނެ ގަދައެއް ނެއް

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު