ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

Whatsapp image 2025 12 20 at 11.59.56
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބިންވެރިޔާ ސްކީމުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުމުގެ މީހުންގެ މެދުގައި ނެގި ގުރުއަތުލުން ނިމިއްޖެ އެވެ.

ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމީ، ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް މެއި 26، 2025 ގައި ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބަދަލުތަކެއް އައުމުންނެވެ.

އެ ސަރަހައްދުން ހަތް ސައިޒެއްގެ 698 ގޯތި ވަނީ ދޫކޮށްފަ އެވެ.

HajjCop_ads
Advertisement

1650 އަކަފޫޓުގެ 181 ގޯތި

2050 އަކަފޫޓުގެ 242 ގޯތި

2450 އަކަފޫޓުގެ 132 ގޯތި

2850 އަކަފޫޓުގެ 62 ގޯތި

3250 އަކަފޫޓުގެ 41 ގޯތި

3650 އަކަފޫޓުގެ 16 ގޯތި

4000 އަކަފޫޓުގެ 24 ގޯތި

ހައުސިން މިނިސްޓްރީން ފޭސް ތިނަކުން ދިން ގޯތިތަކުގެ ގުރުއަތުލުން މިއަދު ކަލާފާނު ސްކޫލުގައި ބޭއްވިއިރު، އެ މިނިސްޓްރީން ބުނި ގޮތުގައި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.

އޭގެއިތުރުން މާސްޓާ ޕްލޭންއަށް ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ކުރީގެ ޕްލޭންގައި އޮތީ ފޭސް އެކެއްގެ ފަޅުތެރެއިން ވެސް ބައެއް ހިއްކައި އެ ތަނުން ގޯތި ދޭ ގޮތަށެވެ. އެހެންނަމަވެސް، މާސްޓާ ޕްލޭންއަށް ގެނައި ބަދަލުގައި ފޭސް އެކެއްގެ ފަޅުތެރެއިން ހިއްކާ ސަރަހައްދު ވަނީ ކުޑަކޮށްފަ އެވެ. އަދި އެ ސަރަހައްދުން ގޯތި ވެސް މިހާރު އޮތް ޕްލޭނުގެ ދަށުން ނުދޭނެ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ލޮކަރުތަކެއް ހުޅުވާފައި ހުރި މައްސަލައިގައި ލިޔެކިޔުމެއް މަދުވެފައި ނުވާކަން ފުލުހުން ޔަގީންކޮށްދީފި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

WhatsApp Image 2026 09 24 at 16.06.33

އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ