ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މި މަހުގެ 16 ގައި ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

STO_Ads
TTH_Ads

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 16 ވަނަ އަންގާރަ ދުވަހުގެރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާން ނިންމަވައިފިއެވެ. ރައީސް ބާއްވަވަމުން ގެންދަވާ ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއީ އެންމެ ފަހުގެ ބައްދަލުވުމެވެ.

ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމް ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެރޭ 20:30 ގައި އިމާދުއްދީން ސްކޫލްގައެވެ. ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައިވެއެވެ.

ރައީސް މިފަދަ ބައްދަލުވުންތައް ބާއްވަވަނީ ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ސީދާ އަޑުއައްސަވައި، އެކަންކަމަށް ޖަވާބު ދެއްވުމުގެ މަގްސަދުގައެވެ. މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވައި ޝަކުވާތައް އަޑުއައްސަވަމުން ގެންދަވައެވެ.

Maldivian_Ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް