ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ މަގުތަކުގައި ޕާކިން ތަރުތީބުކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

TTH_Ads
STO_Ads
Advertisement

ހުޅުމާލޭގެ މަގުތައް ސާފުކޮށް، މަގުތަކުގައި ޕާކިން ތަރުތީބުކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސް ގުޅިގެން ކުރިއަށްގެންދާ 3 ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޚާއްސަ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފިޔަވަހި 1 އަދި 2 ގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގާނެއެވެ.

HajjCop_ads
Advertisement

ޕްރޮގްރާމްގެ މަޤްސަދަކީ ހުޅުމާލެގެ މަގުތައް ސާފުކުރުމާއެކު މަގުމަތީގެ ޖާގަތަކަށް ރަނގަޅު ތަރުތީބެއް ގެނައުންކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން “އެކްސް” ގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި މި ޕްރާގްރާމްގެ އެހީގައި ރައްޔިތުންގެ ރައްކާތެރިކަން އިތުރުވެ، ތޮއްޖެހުން މަދުވެގެންދާނެކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ޓޯޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދައިން މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ އެހެނިހެން ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައް ވެސް މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް، އެ ގޮތަށް ހުރި އުޅަނދުތައް ވެސް ނެގުމަށް އިލްތިމާސްކުރައްވާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ނަގާ އުޅަނދުތަކާ މެދު ޢަމަލުކުރާނީ ޤަވާއިދުގެ ތެރެއިންކަމަށާއި އާންމުކޮށް ޓޯ ކުރާ އުޅަނދުތަކާ މެދު ފުލުހުން ޢަމަލުކުރާ އުސޫލުން، ކަން ކުރެވިގެންދާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހެއިރުގެ އިތުރުން އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ރޯޑްޝޯ އެއް ކުރިއަށް ގެންގޮސްފި