ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

TTH_Ads
STO_Ads
Advertisement

ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފިއެވެ.

މިއީ، ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހަދިޔާކުރި އުޅަނދެކެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ވަނީ ކަސްޓަމްސް ބިލްޑިންގގައި ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދިވެހި ސަރުކާރުގެ ފަރާތުން އުޅަނދާ ރަސްމީކޮށް ޙަވާލުވެ ވަޑައިގެންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވަނީ މި އުޅަނދު ރަސްމީކޮށް ކަސްޓަމްސްއާ ޙަވާލުކޮށްދެއްވާފައެވެ. މި ޙަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާއާއި، ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

މި އުޅަނދަކީ ޖަޕާން ސަރުކާރުގެ “އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް”ގެ ދަށުން ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ހަދިޔާ ކުރި އެހީއެކެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑްއާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. މި އުޅަނދު އެންމެ ފުރިހަމައަށް ބޭނުންކުރުމަށްޓަކައި، ޖަޕާނާއި ދިވެހިރާއްޖޭގައި ވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ. މި ތަމްރީންތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތަށްފަހު، މިނިސްޓަރ ޢަލީ އިޙްސާނާއި، ޖަޕާނުގެ ސަފީރު މިސް އިޝިޤާމީ ރުމީކޯ އަދި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ބޭފުޅުން ވަނީ އުޅަނދު ބާއްވާފައިވާ މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން އުޅަނދު ބައްލަވާލައްވާފައެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި ޖަޕާން ސަރުކާރުން މިފަދަ އެހީތައް ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަށް 5 ލޯންޗު ޖަޕާނުން ވަނީ ހަދިޔާކޮށްފައެވެ. އަދި އޭގެއިތުރުން ރާއްޖޭގެ ކޯސްޓްގާޑަށްވެސް ދެ އުޅަނދު ހަދިޔާކުރުމަށް ޖަޕާން ސަރުކާރުން ވަނީ ނިންމާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ވައިގެ މަގުން އެތެރެކުރި ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

43

މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Mussss

އައްޑުއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް ތެރެކުރުން: މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަނީ

Q

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި