ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އަހަރުތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާގައި މީހުން ވަޅުލާފައިވާ މައިދާނެއް:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައިގައި ޣައްޒާއިން ޝަހީދުކޮށްލި ކަމަށް ރެކޯޑް ކުރެވުނު ރަސްމީ އަދަދު 70،000 އިން މައްޗަށް އަރައިފިއެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން މިއަދު ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 70،100 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ޒަޚަމްވި މީހުންގެ އަދަދު 170،900 އަށް އަރާ ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އަދި ޒަޚަމްކޮށްލާފައިވާ މީހުންގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް މީހުންނެވެ.

އެމެރިކާ އިސްވެ ކުރި މަސައްކަތުން ހަނގުރާމަ ހުއްޓާލަން ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ ސިފައިން ކެނޑިނޭޅި ގެންދަނީ ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ބަނީ ސުހައިލާއަށް ޓެރަރިސްޓުން މިއަދުވެސް ހަމަލާދީ ކުޑަ ދެކުދިން ޝަހީދު ކޮށްލާފައި ވެއެވެ.

ޑްރޯންއަކުން އަލް ފަރަބީ ސްކޫލް ކައިރިއަށް މިއަދު ހެނދުނު ބޮމެއް ވައްޓައި އެއްބަނޑު އެއްބަފާ ދެބެއިން ޝަހީދުކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިއަދު ވަނީ ޣައްޒާއާ ދެކޮޅަށް އަސްކަރީ އައު ހަމަލާތަކެއް ފަށާފައެވެ. އެގޮތުން، އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައި ވެއެވެ.

އެގޮތުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށާއި، ރަފަހް ސިޓީއަށާއި، ޣައްޒާގެ އުތުރުން ގާޒާ ސިޓީއަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކާއި، ބޮޑުބަޑީގެ ހަމަލާތަކެއް ދީފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް އިސްރާއީލުން ޣައްޒާއަށް 535 ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެފައި ވެއެވެ.

ނުވިތާކަށް، އެއްބަސްވުމާ ޚިލާފްވެ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަންވެސް އިސްރާއީލުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އިންސާނީ އެހީ އެތެރެކުރާ ދޮރާށިތައް އަދިވެސް ހުރީ ބަންދުކޮށްފައެވެ.

ވޭތުވެދިޔަ ދެއަހާރައި މަހަކަށްވުރެ ގިނަދުވަސްތެރޭ އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ޝަހީދުކޮށްލި މީހުންގެ ރަސްމީ އަދަދު 70،000 އިން މައްޗަށް އަރައިގެން ދިޔައިރު، ހަމަލާތަކުގައި ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު 10،000 އަށްވުރެ ގިނަ ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި