ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

STO_Ads
TTH_Ads
Advertisement

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ނަސްރީން އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައެވެ. ނަސްރީން އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސައީދުގެ ކުރިން އެ މަގާމުގައި ހުންނެވީ ޒީނާ ޒާހިރެވެ.

އެކަމަކު، ޒީނާ ވެސް ވަނީ ދުވަސްކޮޅަކު މެނޭޖިން ޑިރެކްޓަރުކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފައެވެ.

HajjCop_ads
Advertisement

ނަސްރީން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

ނަސްރީނަކީ ޕީއެސްއެމްގައި ހިދުމަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިބާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. މީގެ އިތުރުން ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލުކުރައްވައިފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

TV bulding PSM

ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދެން: ޕީއެސްއެމް

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި