ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓްތައް ފަށައިފި

STO_Ads
TTH_Ads
Advertisement

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓްތައް ފަށައިފިއެވެ. އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ބާއްވަނީ ރާއްޖޭގައެވެ. މިބައްދަލުވުންތައް އިންތިޒާމް ކުރަނީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުންނެވެ.

މިމަހުގެ 11ން 14އަށް ވިލާ ނޯޓިކާ ރިސޯޓްގައި ބާއްވާ މިސަމިޓްގެ މިއަހަރުގެ ޝިއާރަކީ “މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް” އެވެ. މިސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރުވަނީ ފަށާފައެވެ.

ޕްރީ ސަމިޓްގެ 5 ވޯކްޝޮޕެއް އެކުއެކީގައި ކުރިއަށްދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި، ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ. މިވޯކްޝޮޕްތައް ކުރިއަށްދަނީ ވިލާ ނޮޓިކާގައާއި، ހުޅުލޭ އައިލެންޑް ހޮޓަލާއި، މެންހަޓަންގައެވެ.

MMA_Ads
HajjCop_ads
Advertisement

އޭޝިއާ މީޑިއާ ސަމިޓް ރަސްމީގޮތުން އިފްތިތާޙުކުރާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. ރަސްމިއްޔާތަށްފަހު ސަމިޓްގެ ޕްލިނަރީ ސެޝަންތައް ފަށާނެއެވެ. މިސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްސަ ޙަރަކާތުންނެވެ.

އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ 300 އެއްހާ މީހުން މި ސަމިޓްގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި %80 މީހުންނަކީ ބޭރު ޤައުމުތަކުގެ މީހުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި

TV bulding PSM

ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދެން: ޕީއެސްއެމް

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި